ގއ. ނިލަންދޫ ފަރަށް އެރި ތެޔޮ ބޯޓު ފުންކޮށްފި އެވެ.
ނިލަންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާސިހު ރަސް އަށް ވިދާޅުވީ ފަރަށް އެރި ފިއުލް ސަޕްލައި އޮފް މޯލްޑިވްސް (އެފްއެސްއެމް)ގެ ބޯޓު ފުންކުރީ އެ ތަނަށް އެހެން ބޮޑު ބޯޓެއް ފޮނުވައިގެން ކަމަށެވެ.
އެ ހާދިސާގައި ބޯޓުން ތެޔޮ ލީކު ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިަފއިވާ ކަމަށާއި އެގޮތުން ގާތަކާއި މުރަކަތައް ވަރަށް ބޮޑަށް ކަނޑައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިލަންދޫގެ ހުޅަނގު އުތުރުން އެ ބޯޓު ފަރަށް އެރި މައްސަލައިގައި އެފްއެސްއެމްއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު