މިދައުރުގެ ފަހު ޖަލްސާގައި ނިންމަން ކަނޑައެޅި ކަންކަން ނުނިމުމުން އަންނަ ހޯމަދުވަހު ރައްޔިތުން މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވަން މަޖިލީހުގެ މިހިނގާ ދައުރު ދަންމާލައިފިއެވެ.

ދައުރު ދަންމާލައި އަންނަ ހަފުތާގެ ހޯމަ ދުވަހު ޖަލްސާއެއް ބާއްވައި މަސައްކަތްތައް ނިންމުމަށް ކަނޑައެޅީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާއިއެކުގައެވެ. މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 33ވަނަ ޖަލްސާއަކީ މިދައުރުގެ ފަހު ޖަލްސާއެވެ. މިޖަލްސާގައި މުހިއްމު ގިނަ ކަންތައްތަކެއް އެޖެންޑާކޮށްފައިވެއެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައިވާ ކަންކަން ނިންމުމަށް ޖަލްސާގެ ވަގުތު އިތުރުކޮށްގެން ކުރިއަށް ގެންދެވުނު ނަމަވެސް މަސައްކަތް ނިންމޭ ގޮތެއް ނުވިއެވެ. މިއަދުގެ ޖަލްސާގައި ކޮމިޓީން ނިންމާފައިވާ ކަންކަމާއި ތަޅުމުން ނިންމާފައިވާ ކަންކަމާއިއެކު 70 ވޯޓެއް ނަގަންޖެހެއެވެ. މިހާގިނަ އަދަދެއްގެ ވޯޓު ނަގަންޖެހުމުން ބައެއް ވޯޓްތައް އަންނަ ހަފްތާގެ ހޯމަ ދުވަހަށްވަނީ ލަސްކޮށްފައެވެ. އަދި މިއާއިއެކު އަންނަ ހޯމަދުވަހުގެ ޖަލްސާއަށް ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމަށް ރުހުން ދިނުމާމެދު ވަކި ގޮތެއް ކަނޑައެޅިގެންދާނެއެވެ.

ކޯވިޑް-19އާއި ގުޅިގެން މަޖިލީހުގެ ފުރަަތަމަ ދައުރުގައިވެސް ޗުއްޓީއަށް ގޮސްފައެއް ނުވެއެވެ. މިދައުރުގައި މިހާތަނަށް މަޖިލީހުގެ މެމްބަރުން އަދި ޗުއްޓީއަކަށް ގޮސްފައެއްނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން