ދަނޑުވެރިކަމުގެ އުފެއްދުންތައް ގަނެ ބާޒާރަށް ނެރެ އެ ސިނާއަތް ފުޅާކުރުމަށް އެސްޓީއޯގެ އެހީތެރިކަމާއެކު އުފައްދައި، ފަންޑް މެނޭޖުމެންޓު ކޯޕަރޭޝަނުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ކުރީގެ ސަރުކާރުން އުފެއްދި އެގްރޯނެޓު ކުންފުނި އުވައިނުލައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެގްރޯނެޓު ކުންފުނީގެ މާލީ ހުރިހާ މުއާމަލާތްތައް ޑިސެންބަރު މަހުގެ ނިޔަލަށް ނިންމަން ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް އެންގުމާ ގުޅިގެން ދައުލަތުގެ މީޑިޔާއިންނާއި އެހެން ބައެއް މީޑިޔާތަކުން ވެސް ވަނީ އެގްރޯނެޓު ކުންފުނި އުވާލަން ސަރުކާރުން ނިންމިކަމަށް ރިޕޯޓްކޮށްފައެވެ.
ގއ. ނިލަންދޫގެ ރައްޔިތުންނާއި މިއަދު ހަވީރު ބައްދަލުކުރަށްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެގްރޯނެޓު ކުންފުނި އުވައިލިކަމަށް ބުނެ ދައްކާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި ސަރުކާރުން ނިންމާފައިވަނީ އެސްޓީއޯގެ ބައިވެރިވުމާއެކު އުފައްދާފައިވާ އިންޑަސްޓްރިއަލް ފްރީ ޒޯން ކުންފުނީގެ ދަށަށް އެގްރޯ ކުންފުނި ބަދަލުކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެގްރޯނެޓު އުވިގެންނުދާކަން ހާމަކުރަށްވައި ރައީސް ވިދާޅުވީ މި ބަދަލާއެކު އެގްރޯނެޓުގެ މަސައްކަތް ސްޓްރީމްލައިން ކުރެވި އެ ކުންފުނިން މިހާރު ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށެވެ.
އެގްރޯނެޓުގެ މަސައްކަތުގެ އިތުރަށްވެސް އިގުތިސާދު ސިންދަފާތުކުރުމަށްޓަކައި ދަނޑުވެރިކަމަށް ވަރަށް ބޮޑަށް އިސްކަންދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތައް ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދޭ މިންވަރަށް ދަނޑުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ދަނޑުވެރިކަން އެއީ ރާއްޖޭގައި ވަރަށް ރަނގަޅަށް ހިންގޭ ފުޅާކުރެވޭ ސިނާއަތަކަށް ހެދުން ކަމަށެވެ. އަދި އިޤްތިސާދު ސިންދަފާތު ކުރުމަށް ދަނޑުވެރިކަމުގެ ސިނާއަތް މުހިންމު ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު