ގއ. މާމެންދޫގެ ތަރައްގީއަށް މިވަގުތު އެންމެ މުހިންމުވެފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހުށަހަޅައިފިއެވެ.
މާމެންދޫ ކައުންސިލުން އެ ކަންކަން ހުށަހެޅީ މިއަދު އެ ރަށު ކައުންސިލްގެ އިދާރާގައި ރައީސުލްޖުމްހޫރިއްޔާ އާއިއެކު ބޭއްވުނު ބައްދަލުވުމުގައެވެ.
އެ ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ވަނީ ކައުންސިލާއި އަންހެނުންގެ ތަަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މިވަގުތު އެންމެ ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ރަށުގެ ނަރުދަމާގެ މައްސަލައާއި ރަށުގެ ގިރާ ސަރަހައްދުގެ މައްސަލަތައް ވަރަށް ތަފްޞީލީ ގޮތެއްގައި ކައުންސިލުން ޙިއްޞާ ކުރިއެވެ.
އަދި ކައުންސިލުން ވަނީ ކައުންސިލް އިދާރާ ހިންގުމަށް އާ އިމާރާތެއް ބޭނުންވާކަމުގައި ފާހަގަކޮށްފައެވެ. މީގެ އިތުރުން މަގުހެދުމުގެ މަޝްރޫޢާއި ޒުވާނުންގެ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫޢު ކުރިއަށްގެންގޮސްދެއްވުމަށް ކައުންސިލުން އެދިފައިވެއެވެ. އަދި ރަށާއި ކައިރީގައި އޮތް ހުޅިމެންދޫ، އެރަށުގެ އިހުތިސާސްތެރޭގައި ހިމަނައިދެއްވައި އެރަށުން އާމްދަނީ ލިބޭނެ މަގުފަހިކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ. އޭގެ އިތުރުން ވެސް ރަށުގެ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ޚިދުމަތް ދެވޭނެތަނަކަށް ހަދައިދެއްވުމަށް ކައުންސިލުން ވަނީ ރައީސް އަރިހުގައި އެދިފައެވެ.
އެ ކަންކަމާއި ގުޅިގެން ރައީސް ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން ކުރިއަށް ގެންގޮސްދެވެން އޮތް ގޮތްތައް ބައްލަވާ ދެއްވާނެކަމަށް ވިދާޅުވެފައެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާމެންދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާއި ޙިއްޞާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު