ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު
ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު
ރިޒޯޓް މުވައްޒަފުންނަށް ރޭކުރަން ދެވޭގޮތަށް ގާނޫނަށް އިސްލާހު ހުށައެޅުމުން އެކަން ތަންފީޒު ކުރެވިދާނެތޯ ސުވާލު އުފައްދަވައި، އެއީ ރައްޔިތުން "ގުނބޯ ހައްދަން" ހުށައެޅި އިސްލާހެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީގެ ނައިބްރައީސް އަހުމަދު ސައުދު ސިފަކުރައްވައިފިއެވެ.

ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު މިހެން ވިދާޅުވީ ރިސޯޓް މުވައްޒަފުންނަށް " ނައިޓަށް" ދެވޭ ގޮތަށް ތުޅާދޫ ދާއިރާގެ މެމްބަރ ހިސާން ހުސައިން ހުށައެޅުއްވި އިސްލާހާއި ގުޅިގެންނެވެ.

ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު ވިދާޅުވީ ތަންފީޒު ނުކުރެވޭ ގާނޫނު ހެދުމަކީ ރައްޔިތުން ގުނބޯ ހެއްދުން ކަމަށެވެ. ރިސޯޓް މުވައްޒަފުންނަށް ނައިޓަށް ދެވޭ އިސްލާހުގެ ފޮރުވިފައިވާ ސިއްރަކީ ބޭރު މީހުންނަށް ވަޒީފާގެ ފުރުސަތު ދިނުންތޯ ސައުދު ވަނީ ސުވާލު އުފައްދަވާފައެވެ.

"ތިޔަކަހަލަ ތަންފީޒު ނުކުރެވޭ ގާނޫނު ހެދުމަކީ ރައްޔިތުން ގުނބޯ ހެއްދުން ބަޔަކު މޮޔަވެދާނެ." ސައުދު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި ރިސޯޓް މުވައްޒަފުން މަސައްކަތް ނިއްމާލުމަށްފަހު ރޭކުރާނީ އަނބިދަރިން ކައިރީގައި ކަމަށް އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެމްޑީޕީ ނިސްބަތްވާ ކޯލިޝަންގެ ވެރިކަމުގައި އެ ނިއްމުން ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންނުދާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ހަސަނު

02-Sep-2020

ކުރެވޭނެ ކަން ތަކާ ނުކުރެވޭނެ ކަންތަށް ހުއްނާނެ ބުއްދި ގަބޫލު ކުރެވޭކަހަލަ ވާހަކަ ދެއްކީމަ ރަގަޅުވާނީވެސް



ޓްރެންޑިން