އެމެރިކާގެ ލޮސް އެންޖެލިސްގައި ރޯވަމުންދާ އަލިފާންގަނޑު ކޮންޓްރޯލު ނުވާނެކަން ކަށަަވަރުވުމުން އެ ސަރަހައްދުގައި ދިރިއުޅޭ ލައްކައަކަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފިއެވެ.
މަޝްހޫރު ހޮލީވުޑް ހިލްސްގައި އަލިފާން ރޯވެ އެ ސަރަހައްދުގައި ތިބި އެތައް ހާސް ބަޔަކު ސަލާމަތުގެ އައްސޭރިއަކަށް ބަދަލުވުމަށް ދަތުރު ފަށާފައިވާއިރު މިހާރު އަލިފާން ނިއްވާ ފަރާތްތަކަށް ވެސް ވަނީ އަލިފާން ނިއްވުމުގައި ދަތިތަކާ ކުރިމަތި ވެފައިކަމަށް އެގައުމުގެ މީޑިޔާތަކުން ރިޕޯޓުކުރެއެވެ..
މިހާރު އެމެރިކާގެ އެކި ސަރަހައްދުތަކުގައި ރޯވެފައިވާ މި އަލިފާނުގެ ހާދިސާތަކާ ބެހޭ އަދާހަމަ މައުލޫމާތު ނޫސްވެރިންނަށް ދެމުން ދަނިކޮށް އެލްއޭ ފަޔަރ ޑިޕާޓްމަންޓުގެ ވެރިޔާ ކްރިސްޓިން ކްރޯލީ ކުއްލިއަކަށް ނޫސްވެރިންގެ ބައްދަލުވުމުން ނިކުމެފައިވާއިރު އެގައުމުގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައެވެ.
ލޮސް އެންޖެލިސް އާއި އެ ސިޓީއާއި ކައިރި ވެންޗޫރާ ކައުންޓީ ހިމެނޭގޮތަށް ހަ ސަރަހައްދެއްގައި އަލިފާނުގެ ހާދިސާ ހިނގަމުންދާކަމަށް ރިޕޯޓްތައް ލިބެއެވެ. މީގެ ތެރެއިން އީޓަންގައި ރޯވެފައިވާ އަލިފާނުގެ ހާދިސާގައި އެކަނިވެސް ފަސް މީހަކު މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު