ކޯވިޑް-19 މިއަދުގެ އަދާހަމަ
ކޯވިޑް-19 މިއަދުގެ އަދާހަމަ
ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 137 މީހުން ޕޮޒިޓިވްވެ 119 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7804 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 176 ދުވަސް ވެފައިވާއިރު ފުރަބަންދަށް ލުއިދިންފަހުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 129 މީހަކު ޕޮޒިޓިވް ވެފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 8 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުގެ ތެރެއިން 96 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮޒިޓިވް ވެފައިވަނީ ބަނގްލަދޭޝްގެ 25 މީހަކާއި އިންޑިއާ 9 މީހުންނާއި ސްރީލަންކާ 02 މީހުންނާއި، ނޭޕާލް 02 މީހުންނާއި، ފިލިޕީންސް މީހަކާއި، ގާނާ މީހެއްގެ އިތުރުން ރަޝިއާ މީހެއް ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އާއި ހަމަޔަށް ރާއްޖެއިން ވަނީ 119 މީހަކު ބަލިން ރަނގަޅުވެފައެވެ. މިއާއިއެކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ 5155 އަށް އިތުރުވެފައެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި މިހާތަނަށް 112927 ސާމްޕަލް ނަގާފައިވާ ކަމަށެވެ. މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2615 ގައެވެ. އެޗްޕީއޭ އިން ބުނީ ރާއްޖެއިން ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 172 އަށް އަރާފައި ކަމަށެވެ. އަދި މިވަގުތު އައިސޮލޭޝަންގައި ތިބީ 1451 މީހުންނެވެ.

އެޗްޕީއޭއިން ބުނީ 15 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 14 ފަތުރުވެރިންނާއި 18 މުވައްޒަފުން މިވަގުތު އެބަތިބި ކަމަށެވެ. އަދި މިވަގުތު އެކްޓިވް ކޭސަސް ހުރި ރަށްތަކުގެ ޢަދަދަކީ 31 އެވެ.

ބަލީގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު މިހާތަނަށް 28 މީހަކު ވަނީ ކޯވިޑް-19 ގައި ރާއްޖެއިން މަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން