ހަ މަސްވަންދެން މުސާރަ ނުދިނުމުން ސައުތު ކޭޓަރިންގެ މުވައްޒަފުން މުޒާހަރާއަށް މަގުމައްޗަށް ނުކުމެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުތު ކޭޓަރިންގެ މުވައްޒަފުން މުޒާހަރާ ކުރަމުންދަނީ އަލިކިލެގެފާނުމަގުގައި ސައުތު ކޭޓަރިންގ ކުރިމަތީގައި ތިބެގެންނެވެ.

މި މައްސަލައާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މި މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

"ސައުތު ކޭޓަރިންގެ މުވައްޒަފުންތަކަކަށް މުސާރަ ޤަވައިދުން ނުދޭ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައި. މި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ދަނީ ބަލަމުން." ފުލުހުން ބުނެފައި ވެއެވެ.

ކޭޓަރިން ވިޔަފާރީގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ތައުފީގު އޭނާ ގެންގުޅޭ މުވައްޒަފުންނަށް މުސާރަ ނުދީ ގިނަ ދުވަސްވުމާ ގުޅިގެން އެ މުވައްޒަފުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުންދާއިރު މުވައްޒަފުންނަށް މުސާރަ ނުދިނުމަކީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ކަމެކެވެ.

މިފަދަ ޢަމަލުތަކަކީ މުވައްޒަފުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަތުން ކަމަށްވެސް ބެލެވޭއިރު އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުންވެސް ވަނީ މި މައްސަލަ ބަލަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން