ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ކޯވިޑް-19 އަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

ރޭ މެންދަމު 1:52 ގައި ނިޔާވެފައި ވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއްކަމުގައި އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ. މި މީހާ ނިޔާވުމާއި އެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 29 އަށް އަރާފައެވެ. ރައްޖެއިން އެންމެފަހުން މިބަލީގައި މީހަކު ނިޔާވެފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގައެވެ.

ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ 7800 އަށްވުރެ މައްޗަށް އަރައިފައެވެ. މީގެ ތެރެއިން 4812 މީހުންނަކީ ދިވެހިންނެވެ. އަދި 2992 މީހުންނަކީ ބިދޭސީންނެވެ. ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 2615 އަރާފައިވާއިރު، 1451 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 172 އަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 31 ރަށަކުންނާއި، 15 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ވަނީ ފެނިފައެވެ. މީގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 14 ފަތުރުވެރިއަކާއި، 18 ރިސޯޓް މުއައްޒަފުން ހިމެނެއެވެ. މިވަގުތު އަތޮޅުތަކުގައި 53 މީހަކަށް ބަލި ޖެހި ފަރުވާދެމުންދާއިރު، މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ތިނަދޫ އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން