އިޤްތިޞާދީ ގޮތުން ބަނޑަށްޖެހި އަތާއި އަގަޔާއި ދިމާ ނުވާހާލަތަށް ދިޔަ ކަމުގައި ވީނަމަވެސް ޤައުމުގެ ފަސް ގަނޑުން އަކަ އިންޗިއެއްވެސް ބޭރު ޤައުމެއްގެ ސިފައިން ބެއިތިއްބުމަށް ޖާގަ ދީގެން ނުވާނެކަމުގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ ރައްޔިތުންގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކޮށް މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޤްތިޞާދީ ގޮތުން ޤައުމުގެ ހާލަތު ބަލިކަށި ވުމުން ޤައުމުތަކުން ދިއްކުރާ އެހީތަކުގައި ހިފުމަކީ ކުރެވޭނެ ކަމެއްކަމަށެވެ. ނަަވެސް އެހީތެރިކަން ދެނީ ބަދަލެއްގެ ގޮތުން އެޤައުމުގެ ބާރުވެރިކަން ފޯރާގޮތަށް ކަމަށްވާނަމަ އެކަން ކޮށްގެން ނުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖެއަކީ މިނިވަން މުސްތަގިއްލު ޤައުމަކަށްވާއިރު ރާއްޖޭގެ މިނިވަންކަމާއި ސިޔާސަދަތާއި އިސްތިޤުލާލަށް ނުރައްކާވާނެގޮތަކަށް އެއްވެސް ކަމެއް ކުރުމަށް ސަރުކާރަންވެސް ޖާގަ ދީގެން ނުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މިހާލަތުގައިވެސް ރާއްޖެއަށް ލިބޭ އެހީއާއި ނަގާލޯނަށް ކިތަންމެ ބޮޑު އެއްޗެއް ދައްކަން ޖެހުނަސް ރާއްޖޭގެ ފަސް ގަނޑުން އެންމެ އިންޗިއެއްވެސް އެހެން ޤައުމެއްގެ ސިފައިންނަށް ދީގެން ނުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އިޤްތިޞާދީ ގޮތުން ޤައުމާއި ރައްޔިތުން ބަނޑަށްޖެހި ގޮތް ހުސްވެފައިތިއްބާ އާމްދަނީއެއް ލިބޭނެ ގޮތެއް ހުށަހެޅިގެންދިއުމުން ނޫނެކޭ ބުނަން އުދަނގޫވާނެ. ނަމަވެސް ކިތަންމެ ބޮޑު ކުއްޔެއް ދޭންޖެހުނަސް ބޭރުޤައުމެއްގެ ސިފައިން ބައިތިއްބަން ދިވެހި ފަސްގަނޑުން އެންމެ އަކަ އިންޗިއެއްވެސް ކުޔަށް ނުދެމާތޯ؟" މުއިއްޒު ވިދާޅުވިއެވެ.

ދާދި ފަހުން ސަރުކާރުން ވަނީ އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖޭގައި އޮޕަރޭޓު ކުރުމުގެ ހުއްދަވެސް ދީފައެވެ. އަދި އެ މަތިންދާ ބޯޓު ދުއްވަން ރާއްޖެ އަންނަ ސިފައިން ތިބުމަށް ހދ.ހަނިމާދޫ އިން 30 ގެ ކުއްޔަށް ހިފުމުގެ މަސައްކަތް އިންޑިއާ ސިފައިން ދަނީ ކުރަމުންނެވެ.

ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ގުޅުން ހީނަރުވެފައިވާ އިންޑިޔާއާއި މިސަރުކާރުން ދަނީ ގުޅުން އިތުރަށް ބަދަހިކޮށް ގިނަ ކަންކަން އިންޑިޔާ މެދުވެރިކޮށް ކުރަމުންނެވެ. އެގޮތުން މިސަރުކާރަށް ފައިސާގެ އެހީ އާއި ލޯނު މިފަހުން އެންމެ ގިނަ އަދަދަކަށް ދީފައިވަނީވެސް އިންޑިއާއިންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިދާފަދަ ކަންކަން ހިމެނޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން