ފާއިތުވެދިޔަ 17 މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ ބުރަމަސައްކަތުން ރާއްޖޭގައި ހިންގަމުންދިޔަ ލޭއޮހޮރުވުމާއި ތަޅާފޮޅުންތައް ހުއްޓުވާލެވި އަމާންކަން ގާއިމް ކުރެވިފައިވާކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފުލުހުންގެ އާއިމާރާތް ހުޅުވުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ސަރުކާރުގެ ފާއިތުމިވީ 17 މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ މުއައްސަސާއިން ކުރި ބުރަމަސައްކަތުން ރާއްޖޭގައި ހިނގަމުންދިޔަ ލޭއޮހޮރުވުންތަކާއި، ތަޅާފޮޅުންތައް ހުއްޓުވިފައިވާކަމަށެވެ. ނަމަވެސް މިހާރުވެސް ގިނަ ކަންތައްތަކެއް ހައްލުކުރަން ހުރިކަމަށާއި، މުޖުތަމައުގެ ތެރޭގައި ހުރި ނޭދެވޭ ކަންކަން ހުއްޓުވުމުގައި ފުލުހުންގެ ޒިންމާ ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުންގެ މެދުގައި އުފެދިފައިވާ ބިރުވެރިކަން ނައްތާލުމަށް ފުލުހުން ކޮށްފައިވާ މަސައްކަތަކީ އަޅުގަނޑުމެން ވަރަށްއުފަލާއެކު ބަލައިގަންނަ މަސައްކަތްތަކެއް. އޭގެ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ 17 ވަރަކަށް މަސްދުވަހުގެ ތެރޭގައި އާންމު ގޮތެއްގައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވެ ކުރިން ހިނގި ލޭ އޮހޮރުވުމާއި ތަޅާފޮޅުންފަދަ ގިނަ ކަންކަން ހުއްޓުވައިލެވިފައިވޭ." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ފާއިތުވެދިޔަ 16 އަހަރުގެ ތެރޭގައި ފުލުހުން ވަނީ ރާއްޖޭގައި އަމާންކަމާއި ސުލްހަ މަސްލަހަތު ގާއިމްކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިކަމަށެވެ. ފުލުހުންގެ މުއައްސަސާގެ ވަސީލަތްތަކާއި، ކުރިއެރުމަށް ޚާއްސަ އިސްކަމެއްދީގެން މިސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން