ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓު އަހުމަދު ރަޝީދު (ދޮންކޮޅު) ސަރުކާރުގެ ހިންގާ ޕާޓީ ޕީޕަލްސް ނޭޝަން ކޮންގްރެސް (ޕީއެންސީ)އަށް ސޮއިކޮށްފިއެވެ.
ޕީއެންސީން ބުނީ އެމްޑީޕީގެ އެކްޓިވިސްޓު އަހުމަދު ރަޝީދު (ދޮންކޮޅު) އެ ޕާޓީއަށް ސޮއި ކޮށްފައިވާ ކަމަށެވެ.
ދޮންކޮޅު ޕީއެންސީ އަށް ސޮއިކުރި ފޯމާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެކަމަށްޓަކައި މުލީއާގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ބައިވެރިވެވަޑައިގަތެވެ.
ދޮންކޮޅު އެމްޑީޕީން އަށް ސޮއިކޮށްފައި މިވަނީ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި މެމްބަރުންތަކެއް އިއްޔެ އަލުން އެމްޑީޕީ އާ ގުޅުމުން އެކަމާ ނުރުހުން ފާޅުކުރުމަށް ފަހުގައެވެ. އެމްޑީޕީއާ އަލުން އެ މެންބަރުންތައް ގުޅުމުން އޭނާ ވަނީ ސޯޝަލް މީޑިއާގައި ޕީއެންސީއާއެކު މަސައްކަތް ކުރުން މާ ރަނގަޅު ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު