ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަނީ
ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަނީ
މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ފެންބޮޑުވެ ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް މާލޭ ސިޓީ ކައުންސިލްއިން ބޮޑެތި މަސައްކަތްތަކެއް ފަށައިފި އެވެ.

މެޓް އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ މިއަދުން ފެށިގެން މި މަހުގެ 18އާ ހަމައަށް މޫސުން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ.

އެހެންވެ މާލޭ ސިޓީ ކައުންސިލްއިން ވަނީ ދުރާލާ ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.

މާލޭ ސިޓީ ކައުންސިލްއިން ބުނީ ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް ލަފާކޮށް ރެއިން ފެށިގެން އާންމުކޮށް ފެންވަދެ ގެއްލުވާކަމަށް ފާހަގަ ކުރެވޭ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"މިހާތަނަށް 800 ވެލި ބަސްްތާ މާލޭގެ އެކި ސަރަހައްދުތަކުގައި ޖެހިފައިވޭ" މާލެ ސިޓީ ކައުންސިލްއިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން