އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރެވޭތޯ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސުވާލު ކުރަށްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ އާންމު އެތައް ރައްޔިތެއްގެ ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް އޮޅުވާލައިގެން ޕީއެންސީއަށް ވައްދަމުންދާ ކަމަށެވެ. އެގޮތުން އެންމެ ފަހުން މި އިވުނީ އެމްޑީޕީ އަށް ނިސްބަތްވާ ވައިކަރަދޫ މަޖިލިސް މެންބަރު ވެސް އޮޅުވާލައިގެން ޕީއެންސީއަށް ވެެއްދި ވާހަކަ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެެވެ.

"ސުވާލަކީ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ ޒިންމާ ފުރިހަމައަަށް އެބަ އަދާ ކުރޭ ބާވައެވެ. އިލެކްޝަންސް ކޮމިޝަނަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާން އެބަޖެހެއެވެ،" ރައީސް ސޯލިހުގެ ޕޯސްޓުގައި ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެމްޑީޕީއަށް ނިސްބަތްވާ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް އޭނާ ވެއްދި މައްސަލައެއް އެކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ޕީއެންސީއަށް ވެއްދި ފޯމަކީ ސައްހަ ނޫން ފޯމެއްކަން ކަށަވަރުވީ ހިސާބުން އޭނާ އަލުން އެމްޑީޕީއަށް މިހާރު ވައްދާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން