ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެޤައުމަށް ވަޑައިގެންފިއެވެ.

ރައީސްގެ މުޢިއްޒު އެސްޓޯނިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ވަފުދަށް ވަނީ މަރުހަބާ ވިދާޅުވެފައެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ފަހު ކަދުރިއޯރުގައި ހުންނަ ރައީސްގެ ގަނޑުވަރުގައެވެ. މި ހަރަކާތުގައި އެސްޓޯނިއާގެ އަސްކަރިއްޔާއިން ވަނީ ދެގައުމުގެ ގައުމީ ލަވަތައް ކުޅެފައެވެ. އެއަށްފަހު ރައީސް ޑރ މުއިއްޒު އާއި ރައީސް ޑރ ކާރިސް ވަނީ ގާރޑް އޮފް އޮނަރ އިންސްޕެކްޓް ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ މުއިއްޒު އާއި ސަލާމްކޮށް އެސްޓޯނިއާގެ އިއްޒަތްތެރިން ތަޢާރަފް ކުރެއްވުމަށްފަހު، ރާއްޖޭގެ ވަފުދުގެ އިއްޒަތްތެރިން ރައީސް ޑރ ކާރިސްއަށް ތަޢާރަފް ކުރެއްވިއެވެ. އެއަށްފަހު ދެރައީސުން ހަނދާނީ ފޮޓޯއެއް ނަންގަވައި އޭގެ ފަހުން ރައީސް ޑރ މުއިއްޒު ވަނީ ގަނޑުވަރުގައި އޮންނަ ޒިޔާރަތްކުރާ ފަރާތްތަކުގެ ފޮތުގައި ސޮއިކުރައްވާފައެވެ.

މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ފާހަގަކުރެވެއެވެ. ރައީސްގެ މި ދަރުތުފުޅުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހި ކުރުމާއި ޑިޖިޓަލް އަދި ސައިބަރ، އީ- ގަވަރނަންސް ދާއިރާ އާއި މޫސުމާއި ތިމާވެއްޓާއި ގުޅުން ހުރި މައްސަލަތަކާ ބެހޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރުން ކަމަށް ރައީސް އޮފީހުން ބުނެއެެވެ.

މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ރައީސް މުޢިއްޒު އެސްޓޯނިއާއަށް ކުރައްވާ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން