ޒަހީނުއްދީން ސަޢީދު   13 ޖެނުއަރީ 2025 - 19:28
ކުރީގެ ގަވަރުނަރު އަލީ ހާޝިމް ސޮއިކުރައްވައި ރުފިޔާގެ ނިޝާން ވެސް ހިމަނައިގެން ޗާޕުކޮށްފައިވާ 100ރ. އާ ނޫޓް ތައާރަފު ކުރަން ނިންމައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަލަށް ޗާޕްކުރި މި ނޫޓް ތައާރަފުކުރާނީ މި މަހުގެ 19 ގައި ކަމަށެވެ. މި ނޫޓްގައި ރުފިޔާގެ ނިޝާން ނޫޓްގެ ދެ ފަރާތުގައި ހިމަނާފައިވާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މިއީ އެ ނިޝާން ތައާރަފުކުރި ފަހުން ނިޝާނާ އެކީ ދިވެހި ރުފިޔާގެ ނޫޓެއް ތައާރަފުކުރާ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ. އެ ނިޝާން ތައާރަފުކުރީ ޖުލައި 16، 2022 ގަ އެވެ.

މިހާރު ބޭނުންކުރަމުންދާ ރަންދިހަ ފަހެއް ނޫޓް ރާއްޖެ އަށް ތައާރަފްކޮށް ބޭނުންކުރަން ފެށީ 2016 ވަނަ އަހަރުގެ ތެރޭގައެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން