ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ހުޅުމާލޭގައި ތަރައްޤީކުރި ފުލުހުންގެ މަރުކަޒު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހުޅުވައި ދެއްވައިފިއެވެ.

މިއަދު ހުޅުވާލޭގައި އޮތް ރަސްމިއްޔާތުގައި 3 ބުރީގެ މި އިމާރާތް ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެވެ. ޒަމާނީ ފެންވަރަށް ހަދާފައިވާ މި އިމަރާތަކީ 23255 އަކަފޫޓުގެ ބޮޑު ޖާގަ ތަނަވަސް އިމާރާތެކެވެ. 27 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މި އިމާރާތަކީ އެންމެ ޒަމާނީ ވަސީލަތްތަކާއިއެކު ހިދުމަތްދޭގޮތަށް ހަދާފައިވާ އިމާރާތެކެވެ.

އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު

ވިދާޅުވީ މި އިމާރާތަކީ އެންމެ ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްޤީ ކުރެވިފައިވާ ޖާގަ ތަނަވަސް އިމަރާތެއްކަމަށެވެ. އަދި މިއީ ފުލުހުން 2019 އިން 2024 އަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނިގެން ފުލުހުންގެ އިމާރާތްތަކާއި، ވަސީލަތްތައް ޒަމާނީ ފެންވަރަށް ބަދަލު ކުުރުމަށް އެކަށައެޅި ޕްލޭންގެ ތެރެއިން ހުޅުވުނު އިމާރާތެއްކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ފުލުހުންނަކީ ރައްޔިތުންނަށް ޚިދުމަތްދިނުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ބައެއް ކަން ފާހަގަކުރައްވައި ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ އެންމެ އިސް ޒިންމާއަކީ ރައްޔިތުން ރައްކާތެރިކޮށް ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށެވެ. ސީޕީ ވިދާޅުވީ ހުޅުމާލެއަކީ ގިނަ މަޝްރޫއުތަކެއް ހިންގާނެ ތަނަކަށްވުމުން ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެކަމަށް ބޭނުންވާ ވަޞީލަތްތައްވެސް ހޯދަމުން އަންނަކަމަށެވެ.

ހުޅުމާލޭގައި އަލަށް އިމާރާތް ކުރި ފުލުހުންގެ އިދާރާގެ ބިންގާ އަޅާފައި ވަނީ 2015 ވަނަ އަހަރުގެ މާރޗްމަހުގެ ތެރޭގައެވެ. އަދި އިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ ޖޫން 14ގައެވެ. މި އިމާރާތަކީ ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނާތީ ހުޅުމާލެއަކީ އަމާން ތަނަކަށް ހަދައި ފުލުހުންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި އަޅާފައިވާ އިމާރާތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން