ރައީސް ޑރ. މުޙައްމަދު މުއިއްޒު، އެސްޓޯނިޔާގެ އެޑިއުކޭޝަން އެންޑް ރިސާޗް މިނިސްޓަރު ކްރިސްޓީނާ ކަލަސްއާ ބައްދަލުކުރަށްވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ، އެސްޓޯނިއާގެ އެޑިއުކޭޝަން އެންޑް ރިސާޗް މިނިސްޓަރު ކަލަސް މިއަދު ރައީސް އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވި ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި އެސްޓޯނިއާއާ ގުޅިގެން ތައުލީމީ ދާއިރާއިން މަސައްކަތް ކުރެވެން އޮތް ފުރުސަތުތަކާ ގުޅޭ ގޮތުން ރައީސް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުމުގައި ރައީސް، އެސްޓޯނިއާގެ ތައުލީމީ ނިޒާމާ ގުޅޭ ގޮތުން ސުވާލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށާއި އަދި މިނިސްޓަރު ވަނީ، އެސްޓޯނިއާގެ ތައުލީމީ އޮނިގަނޑު ބައްޓަން ކޮށްފައިވާ ގޮތާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވައިފައި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
މީގެ އިތުރުން ނަތީޖާ ނެރެ، ކުރިއެރުމަށް މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅޭ ދަރިވަރުން ބިނާ ކުރުމަށް ތަންފީޒުކުރެވޭނެ ސިޔާސަތުތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލާއި ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ މުޢިއްޒު އެސްޓޯނިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު