ގާނޫނު އަސާސީގެ ދިފާޢުގައި އެމްޑީޕީއަށް ކުރެވޭނެ މަސައްކަތެއް ނޯބްނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރޭ ވިދާޅުވެއްޖެއެވެ.
ގާނޫނު އަސާސީގެ ދިފާޢުގައި ކަމަށްބުނެ އިދިކޮޅު އެމްޑީޕީން އަންނަނީ މިމަހުގެ 31 ވަނަ ދުވަހު އިހުތިޖާޖެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީއަށް ކުރެވޭނެ މަސައްކަތެއް ނޯންނާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނިކުންނަނީ ގާނޫނު އަސާސީގެ ދިފާޢުގައި ނޫންކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ އަތުގައި މުޅި ސަރުކާރާއި ސުޕަ މެޖޯރިޓީ އޮވެ، ގައުމުގެ ހާލަތު ދިޔައީ ގޯހުން ގޯހަށް ކަމަށެވެ. އެގޮތުން މިއަދު ސަރުކާރަށް ބުރަ އާއި ތަކުލީފު އުފުލަންޖެހިފައިވަނީ އެމްޑީޕީގެ ސަރުކާރުން ކަންކަން ކުރިގޮތުން ކަމަށް ފައިސަލް ވިދާޅުވިއެވެ.
"ހަމަ ބޭކާރު ލޯނު ނަގައިގެން މުސާރަ ދިނުމަށް ޚަރަދުކޮށްފައި ހުރީ، ލޯނެއް ނަގައިގެން ކުރަންޖެހޭ ކަމަކީ އެ ލޯނެއް އަނބުރާ ދައްކައި އެންމެ އެފިޝިއަންޓް ކޮށް އެލޯނެއް ބޭނުންކުރުން، ދެން ފެނަކަ ތަންތަނުން ކޮށްފައި ހުރި ވައްކަންތައް މިވާހަކަތަށް ދައްކަންޖެހޭ، އެކަމުގައި އިހުމާލުވީ މީހުންނަށް ފިޔަވަޅު އަޅަންޖެހޭ ބޮޑެތި ކަންކަންކޮށްފައި ހުރީ." ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ ކުރީގެ ސަރުކާރުގައި ކުންފުނިތަކުގައި ވައްކަމާއި ޚިޔާނާތުގެ އެތަށް އަމަލެއް ހިންގާފައިވާ ކަމަށެވެ. އަދި އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 2 ބިލިއަން ރުފިޔާ ކުރީގެ ސަރުކާރުން ބަހާލި ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ބައެއް ފަރާތްތަކަށް ބަދަލުދޭން ކުރީ ސަރުކާރުން ނިންމި ނިއްމުން މިހާރު ބާތިލްކޮށްފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
"ޓޫރިޒަމްގެ ތެރެއިން އެބަހުރި ބަދަލު ދީފައި ބައެއް ބޭފުޅުންނަށް އޭރުގެ އިކޮންމިކް މިނިސްޓަރުގެ ބަފާބެގެ އާއިލާ އަށް ބަދަލުގެ ގޮތުގައި 20 މިލިއަން ޑޮލަރާއި ތިން ރަށް ދީފައި ކޮންހަމަޔަކުންތޯ އެއޮތީ ޓާމިނޭޓް ކޮށްފައި އެކަންކަމުގެ ދިފާޢުގައި އެނިކުންނަނީ، އެއީ ގައުމުގެ ހައްގުގައި ގާނޫނު އަސާސީގެ ދިފާޢުގައި އެމްޑީޕިން ކުރާނެ މަސައްކަތެއް ނޯންނާނެ،" ފައިސަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު