ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ރިޓަޔަރޑް އިބްރާހިމް ދީދީ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ރިޓަޔަރޑް އިބްރާހިމް ދީދީ
ރާއްޖޭގެ ވެރިކަމާ ހެދި އަވަށްޓެރި ގައުމަކާއި މެދު ރައްޔިތުންގެ ހިތުގައި ފިތުނަ އުފެއްދުމަކީ ވަރަށް ފެންވަރުދަށް ކަމެއް ކަމުގައި ބްރިގޭޑިއަރ ރިޓަޔަޑް އިބްރާހިމް ދީދީ ވިިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސް މަޤާމުތަކެއް ފުރުއްވި އައްބާސް އާދިލް ރިޒާ އިންޑިއާ ސިފައިންނަށް މަރުގެ އިންޒާރުދީ ކުރެެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ. އައްބާސް އާދިލް ރިޒާ ކުރައްވާފައިވާ ޓުވީޓްގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރޫއަރާ ވާހަކަތަކެއް ވަނީ ދައްކަވާފައެވެ.

ރިޒާގެ އެ ޓްވީޓާއި ގުޅިގެން އިބްރާހިމް ދީދީ ވިދާޅުވީ ރާއްޖޭގެ ވެރިކަމާ ހެދި އަވައްޓެރި ގައުމަކާއި މެދު ރައްޔިތުންގެ ހިތުގައި ފިތުނަ އުފެއްދުމަކީ ވަރަށް ފެންވަރު ދަށް ކަމެއް ކަމަށެވެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭރު ބަޔަކަށް ވިއްކާލަން ނޫޅޭ ކަމަށް ދީދީ ވިދާޅުވިއެވެ.

"ރައީސް މިގައުމު އެއްވެސް ބަޔަކަށް ވިއްކާ ނުލައްވާ، އެކަން އެއީ ޔަގީން ކަމެއް. އެއީ ކުރެވޭނެ ކަމެއް ވެސް ނޫން." އިބްރާހީމް ދީދީ ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި އިންޑިއާއިން ތަރައްޤީކުރާ ސަލާމަތީ ބާރުތަކުގެ ޓްރެއިނިން ސްކޫލަކީ "ހަނގުރާމައިގެ ކިއްލާއެއް" ގެ ގޮތުގައި އައްބާސް އާދިލް ރިޒާ ވަނީ ސިފަކުރައްވާފައެވެ. ޓްރެއިނިންގ ސްކޫލާއި އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމް ކުރާ ރާޑަރުތައް ވެސް ޖެހޭނީ ގެންދަން ކަމަށް އައްބާސް ވިދާޅުވިއެވެ.

"ކަނޑުގެ އަޑިން ދެމި ނަރުތައްވެސް ޖެހޭނީ ގެންދަން. ހަނގުރާމަވެރި ސިފައިން ވެސް ފުރާނަ ބޭނުމިއްޔާ ދާން." އައްބާސް އާދިލް ރިޒާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް އަންނަނީ ސަރުކާރުން ރާއްޖެ އިންޑިއާ އަށް ވިއްކާލަން އުޅޭ ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަމުންނެވެ. ރާއްޖެ ވިއްކާލަނީއޭ ބުނެ އިދިކޮޅު ފަރާތްތަކުން މުޅި ރާއްޖޭގައި ދާދިފަހުން ވަނީ މުޒާހަރާވެސް ކޮށްފައެވެ. އެހެން ނަމަވެސް ސަރުކާރުން އެކަން ދޮގުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޜާޝީދާ

04-Sep-2020

ވަރައް ރަގަޅުވާހަކައެއް ތިބުނުއްވީ


13

ސަޢީދު

02-Sep-2020

ކޮއްމެވެސްއެއްޗެކޭކިޔާފަ ފިތުނައުފެއްދުމީމުނާފިގުންގެއަމަލެއް ގައުމުވިއްކީވެސްއެކެކިއަރާވަގުންކަންމިގައުމުގެއެއްމެންވެސްދަންނާނެ އެހެނެއްނޫންއަދިވެސްވައްކަންކުރާހިތްވަނީ ވިގައުމުދޮވެލާހިތްވަނީކެވުނުވަރުންމައިތިރިނުވެގެންހަށިގަނޑުތެރޭގަ އަލިފާންއަނދަނީ މިހާރުވެސްގައިގަހުރިކޮށްމަސްތައްފުފޭތީ ތެޅިބާލަނީ


-3

އައްޑޫ ދަރިއެއް

02-Sep-2020

ޓްރޭނިން ސްކޫލުގެ ނަމުގައި ބޮޑު މިލްޓްރީ ބޭސް އެއް އެހަދަނީ.. ކަނޑުނާއި އެއްގަމުން އެކްސަސްވެވޭގޮތަށް އެއްވެސް ދިމާލަކުން އެތަނަށް ބަޔަކާސް ކާރިނުވާވަރުގެ ބޮދު އުސްފާރުތައް ލާފައި.. މިތަނަކީ ރާއްޖޭގެ ދިފާޢީ މަރުކަޒަށްވުރެން ވެސް ގަރުގަދަކޮށް 2 ފޫޓު ފުޅާ މިނުގެ ކޮންކި ފާރާއި އެކު ހަދާ ބޮޑު ބޭސް އެއް.. ރާޢްޖެ ޚާއްސަކޮށް އައްޑުއަށް އޮތް ބޮޑު ނުރައްކަލެއް.. މިކަމުގެ ހިތިރަހަ ދިރި ތިބި ބަަޔަށް ފެންނާނެ.. އެދުވަހުން ހިތާމަކުރަން ނުތިބެ މިހާރުން މިހާރަށް މިކަން ހުއްޓުވުމަށް ދައުލަތުގެ ކިބައިގާ އާދޭސް ދަންނަވަން. ކޮންމެ ވެރިކަމެއް އޮތަސް ހެޔޮ.. އެކަމަކު ބޭރުގެ ބައެއްގެ އަޅުވެތިކަމަށް ނުގޮސް ވޭތޯ ވެވުނުހާ މަސަތްކަތެއް ކުރައްވާ.. އެވެރިކަމަކުން މީ ދިވެހި ދަރިޔެއްގެ ދުލުގެ އާދޭސް.. އަޑުއްސަވާ ވެރިން ނޭ ބުނާ އަޑު ވަރަށް ގަދަކޮށް މީޑިޔާތަކުން އިވޭ.. ނިކަން އަޑުއައްސަވާ ފަ އިންޑިޔާ ސިފައިން މިގައުމުން ބޭރު ކޮށް ދެއްވާ..! އަމުދުން އަހަރުމެން އައްޑޫމީހުން ބޭނުމެއްނޫން އިންޑިޔާގެ ޢުލާމުންނަށްވާކަށް... ބައްލަވާ ޔަހީދީންނަށް ބިންކޮޅެއްދިނީމަ ވީގޮތް, ކަށްމީރުގެ ހާލަތު.. ޗައިނާ މުސްލިމުންގެ ހާލަތު.. ބާރުވެރި ފަރާތަކުން ހަތިޔާރާ އެކު މިގައުމުގައި ބޭތިއްބުމަކީ ނުހަނު ހިތާމެވެރި ނުރައްކާތެރި ބިރުވެރި ކަމެއް.. ވިސްނަވާ..! ވެރިކަމުގައި ތިބެވޭނީވެސް އަމިއްލަ ދައުލަތެއް މިނިވަން ކަމެއް އޮވެގެން.. އެ އަތުން ބީވިމަ, ތިބާ ޔަށް ވެސް ވެރިކަމެއް ވެއް ނުލިބޭނެ.. ނުވިތާކަށް މާބޮޑަށް ހާލުގައި ޖައްސާނެ ވެރިކަމަށް އަންނަ އުޅޭ މީކަހުވެސް. ޑީޑީ އަށް މިނިވަންކަމާއި ގައުމީސަލާމަތާއި އެގޭމިންވަރު ބޮޑުވާނެ..ނަމަވެސް ފެންނަ މަންޒަުރ ބައްލަވާފައި ވިސްނަވާފައި ވާހަކަ ދައްކަވާ.



ޓްރެންޑިން