ރާއްޖޭގެ ތަރައްޤީއަށްޓަކައި އިންޑިއާއިން ރާއްޖޭގައި ހިންގަމުން ގެންދާ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކަށް ހުރަސް އެޅުމަކީ ޤައުމަށް ޣައްދާރުވުންކަމުގައި ކުޅުދުއްފުށި އުތުރު ދާއިރާ މެމްބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ހދ. ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ފަށަން ނިންމާފައިވާ ފެރީ ދަތުރުތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ކުޅުދުއްފުށި އުތުރު ދާއިރާ މެމްބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވީ ނިމިދިޔަ ވެރިކަމުގައި އުތުރަށް އެއްވެސް ތަރައްޤީއެއް ނުގެނެސް މިސަރުކާރުން އުތުރަށް ގެންނަން މަސައްކަތް ކުރާ ތަރައްޤީއަށްވެސް އިދިކޮޅު ފަރާތްތަކުން ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އެތައް ޒަމާނެއް ވަންދެއް އުތުރުގެ ރައްޔިތުން ތަރައްޤީއާއި ކުރިއެރުމަށް އެދިއެދި ތިއްބައި މިސަރުކާރުން ގެނެސްދޭ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސް އެޅުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް ޔާސިރު ވިދާޅުވިއެވެ. އަދި މިވަގުތު ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަވަށްޓެރި އިންޑިޔާއިން ފޯރުކޮށްދޭ އެހީތަކަށް ހުރަސް އެޅުމަކީ ޤައުމާއި ރައްޔިތުންނަށް ވެވޭ ވަރަށްބޮޑު ޣައްދާރުވުމެއްގެ ގޮތުގައި ޔާސިރުވަނީ ސިފަކުރައްވާފައެވެ.

"ވެރިކަމުގެ ދައުރެއް ނިމިދިޔައިރު އެއްވެސް ޤައުމެއްގެ އެހީއާއި އެކު ނަމަވެސް އުތުރުރަށް ކޮށްދެވުނީ ކޮންކަމެއްތޯ؟ މިދަތި ވަގުތުގައިވެސް އަވަށްޓެރި އިންޑިޔާއާއިން ބިޔަ މަސްރޫޢުތައް ހިންގުމަށް އެހީތެރިވެދޭތީ އެކަމަށް ހުރަސް އެޅުމީ ދިވެހިރައްޔިތުންނަށް ޣައްދާރުވުން." ޔާސިރު ވިދާޅުވިއެވެ.

ހދ. ކުޅުދުއްފުށްޓާއި ކޮޗިންއާ ދެމެދު ފަށަން ނިންމާފައިވާ ފެރީ ދަތުރުތަކާއި ގުޅިގެން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ފެރީގެ ބޭނުމަކީ ރާއްޖޭގެ އިޤްތިސާދުގެ މައްޗަށް އަތްގަދަ ކުރަން ރޭވިގެން ހިންނޭ ކަމެއްކަމަށެވެ. އަދި ރާއްޖޭގެ ވިޔަފާރިތަކުގެ ތެރެއަށް ވަދެ ވޯރާވިޔަފާރިވެރިން ފަދައިން ރާއްޖޭގެ ވިޔަފާރިތައް ބަގުރޫޓް ކޮށްލުމަށް ކުރެވޭ ކަމެއްކަމަށް އަބްދުއްރަހީމް ވަނީ ސިފަކުރައްވާފައެވެ.

"ރާއްޖެ-އިންޑިއާ ކާގޯ ފެރީގެ ބޭނުމަކީ ދިވެހި އިގްތިޞާދުގެ މައްޗަށް އިންޑިއާ އިން އަތްގަދަ ކުރުން. ދިވެހި ވިޔަފާރި ވެރިން ފުނޑާލުން. ވޯރާ ވިޔަފާރި ވެރިންގެ ޒަމާން އަލުން އިޢާދަ ކުރުން. ގައުމު އަޅުވެތި ކުރުން." އަބްދުއްރަހީމް ވިދާޅުވިއެވެ.

ހދ. ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ފަށަން ނިންމާފައިވާ ކާގޯ ފެރީގެ ހިދުމަތާއެކު ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވާނެކަމަށް ސަރުކާރުން ބުނެއެވެ. ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލް ކަމަށް ވުމުން، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އެ ގައުމު މެދުވެރިކޮށް، ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވާނެ ކަމެއް ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް ފެށުމުގެ އެމްއޯޔޫގައި ދެ ގައުމުން ސޮއިކުރީ ޖޫން، 2019 ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެކަމަށް އިންޑިއާގެ ކެބިނެޓުން ވެސް ވަނީ ރުހުން ދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


0

ދޮންމުދިމު

09-Sep-2020

ރާއްޖޭގައި ކޮމާޝަލް އަދި އިކޮނޮމިކަލް މަޝްރޫޢުތައް ހިންގަނީ އިންޑިޔާގެ ހަނގުރާމަމަތީ ސިފައިންތޯއެވެ.


13

އައްޑޫ އަހަންމާދީ

02-Sep-2020

ޝާހިދު ހާދަ ވަރެއް މިދައްކަނީ ގައުމު ވިއްކާލަން.. އެއީ އެކަޑަމީއެއްނޫން.. ރާޢްޖޭގެ ދިފާއީ މަރުކަޒަށް ވުރެން ވަރުގަދަކޮށް ކަނޑުންނާއި އެއްގަމުން އެރޭގޮތަށް ސްޓެރޓެޖިކް ލޮކޭޝަނަކުން އެއޮތީ މިލްޓްރީ ބޭސް ހަދާ ނިންމާފަ.. އައްޑުވައް އެއްވެސް ބަޔަކު ވެރިކަމުގެ ވޯޓު ހޯދަން އަންނާންވާނީ މި އިންޑިޔާ ބޭސް މިތަނުން ބޭރުކޮށް އިންޑިޔާ މީހުން އަތުން މިތަން އަތުލާފައި.. ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ހެޔޮ މިކަން ކުރަން އެއްބަސްވާ ބަޔަކު އާދޭ ވޯޓުވެސް ލިބޭނެ.. ސަޕޯޓުވެސް ކުރާނަން.. މީއައްޑޫގެ ދަރިންގެން އަޑު.. އިންޑިޔާމީހުން އައްޑުއަށް ނާރުވާ އާދޭސް މިކުރަނީ.. ކުރީން ކޮންމެ ކަމެއް ކޮށްފައި އޮތަސް މިހާޜު ބާރުގައި ތިބީ ތިބޭފުޅުން އަވަށް ހައްލު ކުރޭ.. އެއީ ނުރައްކާ ރޭވުންތެރިން އެމީހުންގެ މަޅީންގައުމު ސަލާމަތް ކުރައްވާ.. ހުވަޔާއެއްގޮތަށް ޢަމަލު ކުރައްވާ.. އިންޑިޔާ މީހުން ގެ ފޮރުވިފައިވާ މަޤްސަދުވާކަން މިހާރު މިހިގާކަންކަމަށް ބެލީމަވެސް އެބަސާފުވޭ ދޮއްތޯ؟ ބަޔަކު އެވާހަކަ ދައްކާ އިރަށް ފޮރިންއަށް ހުށަހެޅި.. އިންޑިޔާ ނުރުހޭ ވާހަކައެއްކަން ދޭހަކޮށްދިނި.. މިވަރުން ވިސްނަވާ އެމީހުން މިއުޅެނީ ކީއްކުރަން ކަން.. އާދޭސް މިދަންނަވަނީ އިންޑިޔާއަށް 200 މިލިޔަން ޑޮލަރަށް އައްޑޫ ނުވިއްކާ އެފައިސާ އަބުރާ ދީ.. އެފައިސާ ނަގައިގެން ބޮޑު މުސާރައިގައި މީހުންތިބުމަށް ވުރެން ކުޑަމުސާރައިގައި ތިބެ ގައުމު ހިމާޔަށް ކުރުަން ބުއްދިވެރި.. ޕްލީޒު.. ވެރިންނޭ އަޑު އައްސަވާ!


3

ހަސަންރަހާ

02-Sep-2020

އުމަރެއް ކާސިމެއް ނޯންނާނެ.. ވެރިކަމުގައި ތިއްބެ ބޭފުޅުންތަކަށް ކަންކުރުމުގެ ބާރު މިހާރު އޮތީ.. ޕްލީޒު އެމީހުން ނުބައިތިއްބާ އައްޑޫގައި.. ވެރިކަން ބޭނުންގޮތަކަށް ކުރައްވާ..! އެކަމަކު ގައުމު ހިމާޔަށް ކުރައްވާ.! އިންޑިޔާގެ ވިސްނުމުގެ ހުރިނުރައްކާ މިއެގެނީ ކުޑަކޮށް ބަޔަކު އެއްޗެއްބުނެލާއިރަށް ޝާހިދު އާއި ބައްދަލުކޮށް އިންޑިޔާގެ ވިސްނުމާއި ދެކޮޅަށް ރައްޔަތުން ވާހަކަ ދައްކާކަމަށް ބުނީމަ އޭގެ މާނަ ވަރަށް ސާފު.. އެބުނާ އިންޑިޔާއިން ކަންބޮޑުވަނީ ކީއްވެ.. ގައުމުގެ މީހުންނޭދޭ ނަމަ, އެމީހުން އެގައުމަށް ޚިދުމަށް ނުދިނީމަ ވީއެއް ނު.. ދެންކޮކަމަކާއި ތޯ އިންޑިޔާ ކަންބޮޑުވަނީ.. އެމީހުންގެ އެޖެންޑާއެއް އޮތީމަ ނޫންތޯ? ކޮން ބޭފުޅަކު ވެރިކަމުގައި ހުއްޓަސް އަހަރުމެންނަށް ހެޔޮ އެކަމަކު..އައްޑޫ ގައި އިންޑިޔާގެ މިލްޓްރީ މީހުން ނުބާތިއްބާ? ޕްލީޒު.. ސަރުކާރު ގައި އާދޭސް މި ކުރަނީ.! އިންޑާ މީހުން މި އަތޮޅުގައި ނުބާތިއްބާ!


21

އައްޑޫ ދަރިޔެއް

02-Sep-2020

ޓްރޭނިން ސްކޫލުގެ ނަމުގައި ބޮޑު މިލްޓްރީ ބޭސް އެއް އެހަދަނީ.. ކަނޑުނާއި އެއްގަމުން އެކްސަސްވެވޭގޮތަށް އެއްވެސް ދިމާލަކުން އެތަނަށް ބަޔަކާސް ކާރިނުވާވަރުގެ ބޮދު އުސްފާރުތައް ލާފައި.. މިތަނަކީ ރާއްޖޭގެ ދިފާޢީ މަރުކަޒަށްވުރެން ވެސް ގަރުގަދަކޮށް 2 ފޫޓު ފުޅާ މިނުގެ ކޮންކި ފާރާއި އެކު ހަދާ ބޮޑު ބޭސް އެއް.. ރާޢްޖެ ޚާއްސަކޮށް އައްޑުއަށް އޮތް ބޮޑު ނުރައްކަލެއް.. މިކަމުގެ ހިތިރަހަ ދިރި ތިބި ބަަޔަށް ފެންނާނެ.. އެދުވަހުން ހިތާމަކުރަން ނުތިބެ މިހާރުން މިހާރަށް މިކަން ހުއްޓުވުމަށް ދައުލަތުގެ ކިބައިގާ އާދޭސް ދަންނަވަން. ކޮންމެ ވެރިކަމެއް އޮތަސް ހެޔޮ.. އެކަމަކު ބޭރުގެ ބައެއްގެ އަޅުވެތިކަމަށް ނުގޮސް ވޭތޯ ވެވުނުހާ މަސަތްކަތެއް ކުރައްވާ.. އެވެރިކަމަކުން މީ ދިވެހި ދަރިޔެއްގެ ދުލުގެ އާދޭސް.. އަޑުއްސަވާ ވެރިން ނޭ ބުނާ އަޑު ވަރަށް ގަދަކޮށް މީޑިޔާތަކުން އިވޭ.. ނިކަން އަޑުއައްސަވާ ފަ އިންޑިޔާ ސިފައިން މިގައުމުން ބޭރު ކޮށް ދެއްވާ..! އަމުދުން އަހަރުމެން އައްޑޫމީހުން ބޭނުމެއްނޫން އިންޑިޔާގެ ޢުލާމުންނަށްވާކަށް... ބައްލަވާ ޔަހީދީންނަށް ބިންކޮޅެއްދިނީމަ ވީގޮތް, ކަށްމީރުގެ ހާލަތު.. ޗައިނާ މުސްލިމުންގެ ހާލަތު.. ބާރުވެރި ފަރާތަކުން ހަތިޔާރާ އެކު މިގައުމުގައި ބޭތިއްބުމަކީ ނުހަނު ހިތާމެވެރި ނުރައްކާތެރި ބިރުވެރި ކަމެއް.. ވިސްނަވާ..! ވެރިކަމުގައި ތިބެވޭނީވެސް އަމިއްލަ ދައުލަތެއް މިނިވަން ކަމެއް އޮވެގެން.. އެ އަތުން ބީވިމަ, ތިބާ ޔަށް ވެސް ވެރިކަމެއް ވެއް ނުލިބޭނެ.. ނުވިތާކަށް މާބޮޑަށް ހާލުގައި ޖައްސާނެ ވެރިކަމަށް އަންނަ އުޅޭ މީކަހުވެސް.



ޓްރެންޑިން