އައްޑޫގައި އިންޑިއާގެ ސަރުކާރުގެ އެހީގައި މިހާރު ހަދާ ޓްރޭނިންގ ސުކޫލު ހެދުމަށް ބިން ހަމަޖެެއްސެވީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ވަޒީރު ކަމުގައި ކަމަށް ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު މިއަދު ވިދާޅުވެެއްޖެއެވެ.
ދ. ވާނީގެ ޕްރޮޖެކްޓްގެ ފޭސް 2 ނިމުން ފާހަގަކުރުމަށް މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވީ އައްޑޫގައި އިންޑިޔާ އިން ޓްރޭނިންގ ސުކޫލު ހަދަން ފެށީ މިސަރުކާރުން ނޫން ކަމަށާއި، އެއީ 2012 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ. ޝާހިދު ވިދާޅުވީ އިންޑިއާއިން އަޅާ ޓްރޭނިންގ ސުކޫލު އަޅަން އޭރު ނިއްމީ ޅ.ދިއްފުށިމާދޫގައި ކަމަށާއި، އޭރު އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ ހޯމް މިނިސްޓަރު ފަހުން ނާއިބް ރައީސް ކަން ކުރެއްވި ޑރ.މުހަންމަދު ޖަމީލް އަހުމަދު ކަމަށެވެ.
އޭގެ ފަހުން 2014 ވަނަ އަހަރު އެ ޕޮރެޖް ލ.އަތޮޅަށް ބަދަލުކުރި ކަމަށާއި، އޭގެފަހުން އެ ޕޮރެޖެކްޓް އައްޑުއަތޮޅަށް ބަދަލުކުރި ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އައްޑުއަތޮޅަށް އެ ޕޮރެޖެކްޓް ބަދަލުކޮށްފައިވަނީ އައްޑޫ ސިޓީކައުންސިލާ މަޝްވަރާކުރުމަށްފަހު ކަމަށާއި އެ މަސައްކަތުގައި އިސްކޮށް ހުންނެވީ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އައްޑުއަތޮޅަށް މި ޕޮރެޖެކްޓް ބަދަލުކުރައްވައި އައްޑުއަތޮޅުގައި މިހާރު އެ ގާއިމްކުރަމުންދާ ބިން ހަމަޖައްސަވައި އެމަނިކުފާނު ( އުމަރު) އެ މަސައްކަތް ފަށްޓަވާފައިވަނީ. މި ސަރުކާރުން ކަންކަން ދިގުދަންމައި ކަންކަން ލަސްކުރާކަށް ބޭނުމެއް ނުވޭ. އެހެންކަމުން 2019 ވަނަ އަހަރުން ފެށިގެން މި ޕޮރެޖެކެޓަށް އިތުރު ހަލުވި ކަމެއް ގެނެސް ﷲ ގެ ހެއު ރަހުމަތްފުޅުން ލަސްތަކެއް ނުވެ އެ މަރުކަޒުގައި ދިވެހި ފުލުހުންނަށް ބޭނުންވާ ތަމްރީނު ފެށުމުގެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވޭނެ." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ އިންޑިޔާ އިން އައްޑޫގައި ޓްރޭނިންގ ސްކޫލު ހެދުމުގައި އިސްރޯލެއް އަދާކުރެއްވި ކުރީގެ ނާއިބްރައީސް ޑރ.މުހަންމަދު ޖަމީލް އަހުމަދަށާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު