ކުރިއަށް އޮތް 48 ގަޑިއިރުތެރޭ އައްޑޫ ސިޓީއަށް މިހާރު ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މޭޖަރ (ރިޓަޔާޑް) މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެ އެވެ.

ކަރަންޓުގެ މައްސަލަ ދިމާވެ އައްޑޫސިޓީން ކަރަންޓު ކަނޑާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިކަމުގެ ސަބަބުން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިކަމާއި ގުޅިގެން އައްޑޫ އަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ އައްޑޫގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ފެނަކައިގެ އިސްވެރިންނާ ބައްދަލުކުރައްވައި މިކަމުގެ ސަބަބުން ދިމާވާ ދަތިތައް ހިއްސާ ކޮށްފައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި އެއް ގަޑިއިރަށް ދަނީ ކަރަންޓު ކަނޑަމުންނެވެ. މިމައްސަލައާ ގުޅިގެން މީޑިޔާގައި ވާހަކަ ދައްކަވަމުން އެމްޑީ ނަޖާހު ވަނީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ އެހީތެރިކަމާއެކު ސްޕެއާ ޕާޓްސް ހޯދާފައިވާ ކަމަށް ވިދާޅުވެފައެވެ.

ނަޖާހު ވިދާޅުވީ އައްޑޫސިޓީން ކަރަންޓް ކެނޑެނީ ފަސް ޖެނެރޭޓަރެއް ހުއްޓުމަކަށް އައުމުން ކަމަށެވެ. އަދި މިހާރު ސްޕެއަރ ޕާޓްސް ހޯދައި އެއް ޖެނެރޭޓަރު އަލުން ބޭނުން ކުރަން ފަށާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ރޯދަ މަހު ކަރަންޓުގެ ލޯޑު މަތިވާނެތީ، އިތުރު ދެ ޖެނެރޭޓަރެއްގެ ސްޕެއާ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން