ކ. ކާށިދޫގައި ފުލުހުންގެ ޑިއުޓީގައިހުރި ކޯޕްރަލް އާދަމް ޙަލީމް މަރާލުމުގެ ތުހުމަތުގައި ކ. ކާށިދޫ ސުވާސާގޭ މުޙައްމަދު ސަމާހަށް ދަޢުލަތުން ކޮށްފައިވާ ދަޢުވާގައި ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލުކުރި ޝަރީޢަތުގެ އަޑުއެހުން ކެންސަލް ވެއްޖެއެވެ.
ކ. ކާށިދޫގައި 2012 ޖުލައި 23 ވަނަ ދުވަހު ފުލުހުންގެ ޑިއުޓީއަށް ކޯޕްރަލް އާދަމް ހަލީމް ދަނިކޮށް އޭނާއަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ސަމާހްގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައެވެ. ނަމަވެސް 12 އަހަރު ފަހުން މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ޙުކުމް ބާތިލުކޮށް މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފައެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުގައި މިއަދު އަޑުއެހުމެއް ބޭއްވުމަށް ތާވަލުކުރި ނަމަވެސް އެ އަޑުއެހުން ކެންސަލްވީ މައްސަލައިގެ ދިފާއީ ވަކީލު ހައިކޯޓުގެ އަޑުއެހުމެއްގައި ހުންނެވުމުން މި އަޑުއެހުމުގައި ބައިވެރި ނުވެވޭތީއެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުން ސަމާހުގެ މައްޗަށް މީގެ ކުރިން ޙުކުމް ކޮށްފައިވަނީ އޭނާގެ އިއުތިރާފަށް ބަލައިގެންނެވެ. ނަމަވެސް 12 ނޮވެމްބަރު 2012 ގައި އޭނާ ވަނީ އިޢުތިރާފުން ރުޖޫޢަވެފައެވެ.
ކްރިމިނަލް ކޯޓުން ކުރިން އިއްވާފައިވާ ޙުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުން ބުނެފައިވަނީ ހައްދުގެ މައްސަލަތަކުގައި މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމޭނީ އެ މީހަކު ދައްކާ ވާހަކަތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމަށްފަހު ކަމަށެވެ.
ނަމަވެސް ސަމާހުގެ ވާހަކަތަކުން އޭނާ އާދަމް ޙަލީމަށް ހަމަލާދިން ކަމަށް އެއްބަސްވި ނަމަވެސް ހަމަލާދިނީ ގަސްދުގައި މީހަކު މެރުމުގެ ނިޔަތުގައި ނޫންކަން އެނގޭ ކަމަށް ސުޕްރީމްކޯޓުގެ ހުކުމުގައިވެއެވެ.
“ޝަރީއަތުގެ މަޖިލީހުގައި ސަމާހު ދީފައިވާ ބަޔާނުގައި ޤަސްދުގައި މީހަކު މެރި ކަމަށް އިންކާރު ކުރޭ. އޭނާގެ މައްޗަށް ޕްރޮސެކިއުޝަނުން ދައުވާ ކޮށްފައިވާ ކުށް ކަމަށް ޤަޞްދު މަރުގެ ކުށަށް އެ ބަޔާނުގައި އިންކާރު ކޮށްފައިވޭ.” ހުކުމްގައި ވެއެވެ.
ހަމައެއާއެކު ސުޕްރީމްކޯޓުގެ ޙުކުމުގައި ވަނީ މި މައްސަލައިގައި ހަމައެކަނި ސަމާޙުގެ އިއުތިރާފު ބަޔާނުގެ މައްޗަށް ބިނާކޮށް ތަހުގީގުންނާއި ޝަރީއަތުން ބަރޯސާވުމުގެ އާޚިރު ނަތީޖާއަކީ ފަހުގެ މަރުހަލާ ތަކުގައި ސަމާހު މުޅި ބަޔާނަށް އިންކާރުކޮށް، ކުށްކުރި ތަނުގައި އެގަޑީގައި އޭނާ ނުވެސް ނެތް ކަމަށް ބުނުން ކަމަށާއި، އަދި އިއުތިރާފު ބަޔާން ކަށަވަރުކޮށްދޭ އަދި ނަފީކޮށްދޭ މިނިވަން ހެއްކެއް ނުވަތަ ގަރީނާއެއް ޝަރިއަތުގެ ކުރިމަތީގައި މިއަދު ނެތުން ކަމަށެވެ.
އެހެންކަމުން މި މައްސަލަ އަލުން ބެލުމަށް ސުޕްރީމް ކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު