ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އަމުރާ ޚިލާފުވެގެން ޤާނޫނީ ފިޔަވައަޅާނަމަ، ތަފާތުކުރުމެއް ނެތި ފިޔަވަޅު އަޅަންވާނެ ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިފދަައިން ވިދާޅުވެފައި މިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ހުކުރުދުވަހު މާލޭގައި ބޭއްވި ސައިކަލު ބުރާ ގުޅިގެން އިދިކޮޅު ކޯލިޝަން 150،000 ރުފިޔާއިން ޖޫރިމަނާކުރުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނިކޮށެވެ. އޭގެ އިތުރަށް ސިޔާސީ ހަރަކާތްތަކާއި ގުޅިގެން އިދިކޮޅު ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާއު އާއި ރައީސް އަބްދުއްރަހީމް، އަދުރޭއާއި ނައިފަރުދާއިރާގެ މެމްބަރު ޝިޔާމް ވެސް ޖޫރިމަނާކޮށްފައިވެއެވެ.

ފިޔަވަޅު އެޅުމުގައި ތަފާތުނުކުރުމަށް ޑރ.ޝަހީމް ގޮވާލައްވާފައިވާއިރު މާސްކު ތުރުނުކުރައްވާ ބަޔަކާ ވާހަކަދެއްކެވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

މިކަންކަމަށް އިޝާރާތްކުރައްވައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހަންމަދު ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ވަކި ބަޔަކަށް ވަކި ގޮތެއް ހެދުމަކީ ތަހުޒީބު ޒަމާނީ މުޖުތަމަޢުތަކުގައި ޤަބޫލުކުރެވޭނެ އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް އެއް ކަމެއްގައި ފިޔަވަޅު އެޅުމުގައި އެކި ފަރާތްތަކުގެ މެދުގައި ތަފާތުކުރުމަކީ އިސްލާމީ އުޞޫލެއްވެސް ނޫން ކަމުގައި ޑރ.ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މިހެން ވިދާޅުވެފައިވާއިރު ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ބައިވެރިވެ ވަޑައިގެންނެވި، އެމަނިކުފާނު ލިއުވި ފޮތެއް ނެރުއްވުމުގެ އެކި ހަރަކާތްތަކުގައި ގައިދުރުކަމެއް ނެތި އަދި މާސްކު ތުރުނުކުރައްވައި އުޅުއްވި ފޮޓޯތަކެއް އާންމުވި ނަމަވެސް ނަޝީދާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން