އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު
އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު
ދިވެހިރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކު ތަޢާރަފުކުރަނީ ތިން މަރުޙަލާއަކަށް ބަހާލައިގެން ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދާޅުވީ ސަރުކާރުން ޑިވެލޮޕްމަންޓް ބޭންކެއް ރާއްޖޭގައި ޤާއިމްކޮށްފައިވަނީ ހަމައެކަނި ނަމެއްގައި ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ކުރިމަތިކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ސަޢީދު ވިދާޅުވީ 3 މަރުޙަލާއަކަށް ބަހާލައިގެން ޑިވެލޮޕްމަންޓް ބޭންކް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އަދި ފުރަތަމަ މަރުޙަލާގައި ހިމެނޭ އިދާރީ ގޮތުން ބޭންކު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ޝެޑިއުލާ އެއްގޮތަށްކަމަށް ސަޢީދު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ސަޢީދު ވިދާޅުވެފައިވަނީ ރާއްޖޭގައި ޤާއިމުކުރާ ޑިވެލޮޕްމެންޓް ބޭންކުގެ ވިޔަފާރި މޮޑެލްގައި އިސްކަންދެނީ އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނާއި ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކަމަށާއި، ރީޓެއިލް ޚިދުމަތްތައް ތަޢާރަފުކުރާނީ ފަހު މަރުޙަލާގައި ކަމަށެވެ.



އޭގެ އިތުރުން ސަޢީދު ވަނީ މިމަސައްކަތް ކުރިއަށްދަނީ އިޤްތިޞާދު ހަރުދަނާކޮށް ވަރުގަދަކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ އެއްގޮތަށްކަން ފާހަގަ ކުރަށްވާފައެވެ.

އަދި ހަމައެހެންމެ ކުރީ ސަރުކާރުން ދަޢުލަތުގެ މާލިއްޔަތަށް އިހުމާލުވެ ޣައިރު ޒިންމާދާރު ވެފައިވާ ކަމަށާއި، އެހެންނަމަވެސް އެކަންކަމުން މިހާރު އަރައިގަނެވެމުން ދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.



ވަޒީރު މިހެން ވިދާޅުވެފައިވާއިރު ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާ އެކުލެވޭ، "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ހުޅުއްވައިދެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

މި ބޭންކްގެ ޚިދުމަތް ފެށުމުން، އިޤްތިޞާދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ޚިދުމަތް ދިވެހިރާއްޖޭގައި ތަޢާރަފު ވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން