ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަވަހާރަވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާހޯއްދަވަމުން ދަނިކޮށެވެ.

ޝުއައިބު ހައިކޯޓުގެ ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވީ 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ.

އޭނާ ވަނީ އެ ކޯޓުގައި 11 އަހަރު ހިދުމަތް ކުރައްވާފައެވެ.

ފަނޑިޔާރު ޝުއައިބު ޒަކަރިއްޔާ ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުކަމާއި، ހާއްސަ ގާޒީކަމާއި، ފެމިލީ ކޯޓުގެ ގާޒީކަމާއި މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީކަން ހިމެނެއެވެ.

ފަނޑިޔާރު ޝުއައިބަކީ 1977 ވަނަ އަހަރު ގާނޫނާއި ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯވެސް ހައްދަވައިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން