ފުލުހުންގެ ތަމްރީނުތަކަށް ޚާއްސަ ކޮށްގެން އައްޑޫގައި، އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑެމީގެ މަޝްރޫއާ ގުޅުވައިގެން ޚާރިޖީ ވަޒީރު އަބްދﷲ ޝާހިދު ދައްކަވާފައިވަނީ ހަގީގަތާއި ހިލާފް ވަހަކަތަކެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އައްޑު އަތޮޅު ހިތަދޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑެމީގެ މަޝްރޫއުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އުމަރު ނަސީރު އިސް ދައުރެއް އަދާކުރެއްވި ކަމަށް ޝާހިދު މިއަދު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވި އައްޑޫއަކީ ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު އަތޮޅު ކަމަށް ވެފައި، ވަޒީފާގެ ފުރުސަތުތައް މަދު ކަމުން، އެ އަތޮޅަށް އިތުރު ފުރުސަތު ހޯދާދިނުމުގެ ގޮތުން ފުލުހުންގެ ތަމްރީން މަރުކަޒު އައްޑޫގައި ގާއިމް ކުރަން ނިންމީ އޭނާކަމަށެވެ.

"މިހާރު އަޅަމުންދާ މަރުކަޒަކީ އަޅުގަޑު ނިންމި ފުލުހުންގެ މަރުކަޒު ކަމަށް ވެއްޖެ ނަމަ، އުފަލުގެ ކޮޅެއްވެސް ނެތް. ނަމަވެސް ޑިޒައިން ބަދަލުކޮށް، އިމާރާތްތަކުގައި ކުރެވޭ ބޭނުން ބަދަލުކުރެވޭ ގޮތަށް އެޅެމުންދާ މަރުކަޒެއް ނަމަ ހިތާމައިގެ ކޮޅެއްނެތް. އަޅުގަޑުސޮއިކުރީ ހިލޭއެހީގައި ތަމްރީން މަރުކަޒެއް އެޅުމަށް. މިސަރުކާރު އައިފަހުން އެ އެގްރީމަންޓަށް އިތުރު ކުރެވުނު ނުކުތާތައް އެގިލައްވާނީ މިނިސްޓަރ ޝާހިދަށް." އުަމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިއަދު ފެނިގެންދަނީ އިންޑިޔާ ސިފައިން އެނބުރި ގޮސްއައިސް ހަދާތަން ކަމަށާއި، މިއީ ކޮންބޭނުމެއްގައި އައިސް ގޮސް ހަދާބައެއްކަން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭކަމަށެވެ.

"ފެންނަނީ އިންޑިއާގެ ސިފައިންތައް އައިސް ގޮސްވާތަން. ހެލިކޮޕްޓަރެއް ހަދިޔާ ކުރަން އައި މީހުން 8 އަހަރުވީއިރު އަދިވެސް މިއުޅެނީ ހެލިކޮޕްޓަރު ހަވާލު ކޮށްފަ ނުފުރިގެން. ތިޔަ މަރުކަޒު ބަލާލަން މީޑިޔާތަކަށް ދަޢުވަތު ދެއްވާ، އެއްވެސް ސިފައެއްގައި އިންޑިޔާގެ ސިފައިން ނުވަތަ ތަމްރީން ހަދަން ގެންނަ އިންޑިއާ ސިފައިން ތި މަރުކަޒުގައި ނުތިބޭނެ ކަމުގެ ޔަގީން ކަމެއް ސަރުކާރުން ދެއްވުމަށް އަޅުގަޑު އިލްތިމާސް ކުރަން." އުަމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިން ކުރި އެގްރީމެންޓަށް ބައެއް އިތުރު ކުރެވިފައިވާނަމަ އެބައި ހާމަކޮށް ދެއްވަން ޖެހޭނެކަމަށެވެ. އަދި 2023 ވަނަ އަހަރުގެ އިންތިޚާބަށް ފަހު އިންޑިއާގެ ހުރިހާ ސިފައިން އިރާދަކުރެއްވިއްޔާ މި ޤައުމުން ބާލާނެކަމަށާއި، އިންޑިއާގެ އަދި ޗައިނާގެ އުގަކަށް މި ޤައުމު ނުވެއްޓޭނެކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

އުމަރު އެވިދާޅުވަނީ 2023 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި އޭނާއަށް ކާމިޔާބު ލިބިވަޑައިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ލިބިވަޑައިގެންފި ނަމަ އުމަރުގެ ވެރިކަމެއްގައި ކަންތައް ކުރައްވާނެ ގޮތް ކަމަށް އޭނާ މީގެ ކުރިންވެސް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޖީވަންޓޭ

04-Sep-2020

ބޭބެ އަރުޒަލިލް އުމުރުގަވެސް ފިރުއައުނެކޭ އެއްގޮތް. ޝަހާދަތް ކިޔާބަލަ އަބަދު ދޮގު ނަހަދާ.


-4

އައްޑޫ އަހަންމާދީ

02-Sep-2020

ޝާހިދު ހާދަ ވަރެއް މިދައްކަނީ ގައުމު ވިއްކާލަން.. އެއީ އެކަޑަމީއެއްނޫން.. ރާޢްޖޭގެ ދިފާއީ މަރުކަޒަށް ވުރެން ވަރުގަދަކޮށް ކަނޑުންނާއި އެއްގަމުން އެރޭގޮތަށް ސްޓެރޓެޖިކް ލޮކޭޝަނަކުން އެއޮތީ މިލްޓްރީ ބޭސް ހަދާ ނިންމާފަ.. އައްޑުވައް އެއްވެސް ބަޔަކު ވެރިކަމުގެ ވޯޓު ހޯދަން އަންނާންވާނީ މި އިންޑިޔާ ބޭސް މިތަނުން ބޭރުކޮށް އިންޑިޔާ މީހުން އަތުން މިތަން އަތުލާފައި.. ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ހެޔޮ މިކަން ކުރަން އެއްބަސްވާ ބަޔަކު އާދޭ ވޯޓުވެސް ލިބޭނެ.. ސަޕޯޓުވެސް ކުރާނަން.. މީއައްޑޫގެ ދަރިންގެން އަޑު.. އިންޑިޔާމީހުން އައްޑުއަށް ނާރުވާ އާދޭސް މިކުރަނީ.. ކުރީން ކޮންމެ ކަމެއް ކޮށްފައި އޮތަސް މިހާޜު ބާރުގައި ތިބީ ތިބޭފުޅުން އަވަށް ހައްލު ކުރޭ.. އެއީ ނުރައްކާ ރޭވުންތެރިން އެމީހުންގެ މަޅީންގައުމު ސަލާމަތް ކުރައްވާ.. ހުވަޔާއެއްގޮތަށް ޢަމަލު ކުރައްވާ.. އިންޑިޔާ މީހުން ގެ ފޮރުވިފައިވާ މަޤްސަދުވާކަން މިހާރު މިހިގާކަންކަމަށް ބެލީމަވެސް އެބަސާފުވޭ ދޮއްތޯ؟ ބަޔަކު އެވާހަކަ ދައްކާ އިރަށް ފޮރިންއަށް ހުށަހެޅި.. އިންޑިޔާ ނުރުހޭ ވާހަކައެއްކަން ދޭހަކޮށްދިނި.. މިވަރުން ވިސްނަވާ އެމީހުން މިއުޅެނީ ކީއްކުރަން ކަން.. އާދޭސް މިދަންނަވަނީ އިންޑިޔާއަށް 200 މިލިޔަން ޑޮލަރަށް އައްޑޫ ނުވިއްކާ އެފައިސާ އަބުރާ ދީ.. އެފައިސާ ނަގައިގެން ބޮޑު މުސާރައިގައި މީހުންތިބުމަށް ވުރެން ކުޑަމުސާރައިގައި ތިބެ ގައުމު ހިމާޔަށް ކުރުަން ބުއްދިވެރި.. ޕްލީޒު.. ވެރިންނޭ އަޑު އައްސަވާ!


1

ޒަރީރު

02-Sep-2020

ޝާހިދު ބުނީ ހެޔޮކޮށް އުމަރު ގެ ވަޒިރުކަމުގަ އެ އެއްބަސް ވިކަން މިއަދުވެސް އެތާ ކުރާ ގޮތަށް އޮތީ


19

ހަސަންރަހާ

02-Sep-2020

އުމަރެއް ކާސިމެއް ނޯންނާނެ.. ވެރިކަމުގައި ތިއްބެ ބޭފުޅުންތަކަށް ކަންކުރުމުގެ ބާރު މިހާރު އޮތީ.. ޕްލީޒު އެމީހުން ނުބައިތިއްބާ އައްޑޫގައި.. ވެރިކަން ބޭނުންގޮތަކަށް ކުރައްވާ..! އެކަމަކު ގައުމު ހިމާޔަށް ކުރައްވާ.! އިންޑިޔާގެ ވިސްނުމުގެ ހުރިނުރައްކާ މިއެގެނީ ކުޑަކޮށް ބަޔަކު އެއްޗެއްބުނެލާއިރަށް ޝާހިދު އާއި ބައްދަލުކޮށް އިންޑިޔާގެ ވިސްނުމާއި ދެކޮޅަށް ރައްޔަތުން ވާހަކަ ދައްކާކަމަށް ބުނީމަ އޭގެ މާނަ ވަރަށް ސާފު.. އެބުނާ އިންޑިޔާއިން ކަންބޮޑުވަނީ ކީއްވެ.. ގައުމުގެ މީހުންނޭދޭ ނަމަ, އެމީހުން އެގައުމަށް ޚިދުމަށް ނުދިނީމަ ވީއެއް ނު.. ދެންކޮކަމަކާއި ތޯ އިންޑިޔާ ކަންބޮޑުވަނީ.. އެމީހުންގެ އެޖެންޑާއެއް އޮތީމަ ނޫންތޯ? ކޮން ބޭފުޅަކު ވެރިކަމުގައި ހުއްޓަސް އަހަރުމެންނަށް ހެޔޮ އެކަމަކު..އައްޑޫ ގައި އިންޑިޔާގެ މިލްޓްރީ މީހުން ނުބާތިއްބާ? ޕްލީޒު.. ސަރުކާރު ގައި އާދޭސް މި ކުރަނީ.! އިންޑާ މީހުން މި އަތޮޅުގައި ނުބާތިއްބާ!


5

ހަސަންރަހާ ގެ ތުއްތު

02-Sep-2020

އުމަރެއް ކާސިމެއް ނޯންނާނެ.. ވެރިކަމުގައި ތިއްބެ ބޭފުޅުންތަކަށް ކަންކުރުމުގެ ބާރު މިހާރު އޮތީ.. ޕްލީޒު އެމީހުން ނުބައިތިއްބާ އައްޑޫގައި.. ވެރިކަން ބޭނުންގޮތަކަށް ކުރައްވާ..! އެކަމަކު ގައުމު ހިމާޔަށް ކުރައްވާ.! އިންޑިޔާގެ ވިސްނުމުގެ ހުރިނުރައްކާ މިއެގެނީ ކުޑަކޮށް ބަޔަކު އެއްޗެއްބުނެލާއިރަށް ޝާހިދު އާއި ބައްދަލުކޮށް އިންޑިޔާގެ ވިސްނުމާއި ދެކޮޅަށް ރައްޔަތުން ވާހަކަ ދައްކާކަމަށް ބުނީމަ އޭގެ މާނަ ވަރަށް ސާފު.. އެބުނާ އިންޑިޔާއިން ކަންބޮޑުވަނީ ކީއްވެ.. ގައުމުގެ މީހުންނޭދޭ ނަމަ, އެމީހުން އެގައުމަށް ޚިދުމަށް ނުދިނީމަ ވީއެއް ނު.. ދެންކޮކަމަކާއި ތޯ އިންޑިޔާ ކަންބޮޑުވަނީ.. އެމީހުންގެ އެޖެންޑާއެއް އޮތީމަ ނޫންތޯ? ކޮން ބޭފުޅަކު ވެރިކަމުގައި ހުއްޓަސް އަހަރުމެންނަށް ހެޔޮ އެކަމަކު..އައްޑޫ ގައި އިންޑިޔާގެ މިލްޓްރީ މީހުން ނުބާތިއްބާ?



ޓްރެންޑިން