އެއިރެއްގައި އިދިކޮޅުގައި އޮންނަ ބައެއްގެ އަމާޒަކީ އިންޑިއާ، ޗައިނާ ކިޔައިގެން ވެރިކަމުގައި ތިބޭ ބަޔަކަށް ކަމެއް ވިޔަ ނުދިނުންކަން، އިންޑިއާ އަދި ޗައިނާއަށްވެސް އެނގޭކަމުގައި މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަވަށްޓެރި އިންޑިއާ، ޗައިނާއަށް ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ރީކޯ މޫސާ މަނިކު ވިދާޅުވީ އިންޑިއާއާއި، ޗައިނާއަކީ ޑިމޮކްރަސީ މާވަރުގަދަ މިރާއްޖޭގައި މިހިނގާ ކިތަންމެ ކަމެއް ތަޖުރިބާ ކޮށްފައިވާ ދުނިޔޭގެ ބޮޑު ދެބާރުކަމަށެވެ. އިންޑިއާއާއި، ޗައިނާއިން އެއިރެއްގައި ރާއްޖޭގެ ވެރިކަމުގައި ތިބޭ ބަޔަކަށް ހިލޭ އެހީއާއި ލޯނު ދެނީ ރާއްޖޭގެ ތަރައްޤީއަށް ކަމަށާއި އެކަން އޮޅިގެން އުޅެނީ އަބަދުވެސް އިދިކޮޅުގައި ތިބޭ މީހުންނަށް ކަމަށް މޫސަ ވިދާޅުވިއެވެ.
"ސިޔާސީ ވާދަވެރިކަމުގަ އެއްޕާޓީ އަނެއްޕާޓީއަށް. އިންޑިއާ، ޗައިނާ ފަދަ ޤައުމުތަކާ ބެހިގަންނައިރު އެމީހުންނަށް އެނގޭނެ އެއުޅެނީ ބޮޑެތި ލޯނުތަކާ އެހީތައް ދޭތީ ވެރިކަމުގަ ތިބި ބަޔަކަށް ޤައުމު ތަރައްޤީ ކުރިޔަނުދޭން އެކަންހުއްޓުވޭތޯ، މިތާ ޢާއްމުކޮށް ކުރާކަމެއްކަން." ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.
އަވަށްޓެރި ޤައުމުތަކުގެ އަގުވައްޓާލައި މިވާހަކަ ދައްކާ މީހުންނަކީ އެއްވެސް އިރެއްގައި ޤައުމަށް މާހެޔޮއެދިގެން މަސައްކަތް ކުރާ ބައެއް ނޫންކަމަށް މޫސަ ވިދާޅުވިއެވެ. މިއަދު އިންޑިއާ ސިފައިން މިޤައުމުގައި ތިބިކަމަށްބުނެ ހޭބޯ ނާރައިގެން ވާހަކަ ދައްކާއިރު މީގެ 6 އަހަރު ކުރީގައިވެސް އިންޑިއާ ސިފައިން ލ އަތޮޅުގައި ތިބިކަމަށް މޫސަ ވިދާޅުވިއެވެ.
"ބޭރުބައެއްގެ އަތްދަށަށް މި ޤައުމު ދިއުމުން ދެރަވާނީ ޕާޓީތަކުގެ ވެރިންނެއްނޫން. ކަމެއްޖެހޭއިރު އެމީހުންތިބޭނީ ދޮންނަމެޝިނުގަ ނޫނީ ވިލާތުގަ. ކޮންތާކުތޯ ރާއްޖެހިފަންއައި އިންޑިއާސިފައިންތިބީ؟ ލ ގަމުގަ އިންޑިއާސިފައިން ތިބޭތާ ހައެއްކައަހަރުވެދާނެ؟ ފަހުން ބަޔަކުއައީތޯ؟" ރީކޯ މޫސަ ކުރި ޓްވީޓެއްގައި ވިދާޅުވިއެވެ.
ރާއްޖެއަކީ މިނިވަން މުސްތަގިއްލު ޤައުމަކަށްވާއިރު ރާއްޖޭގެ މިނިވަންކަމާއި ސިޔާސަދަތާއި އިސްތިޤުލާލަށް ނުރައްކާވާނެގޮތަކަށް އެއްވެސް ކަމެއް ކުރުމަށް ސަރުކާރަންވެސް ޖާގަ ދީގެން ނުވާނެކަމަށް ކުރީގެ ހައުސިން މިނިސްޓަރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މިހާލަތުގައިވެސް ރާއްޖެއަށް ލިބޭ އެހީއާއި ނަގާލޯނަށް ކިތަންމެ ބޮޑު އެއްޗެއް ދައްކަން ޖެހުނަސް ރާއްޖޭގެ ފަސް ގަނޑުން އެންމެ އިންޗިއެއްވެސް އެހެން ޤައުމެއްގެ ސިފައިންނަށް ދީގެން ނުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިހާރު ވެރިކަމުގައި އޮތް އެމްޑީޕީއާ އިންޑިއާއާއި ގާތް ގުޅުމެއް އޮންނައިރު، ކުރިން ވެރިކަން ކުރި އަދި މިހާރު އިދިކޮޅު ޕީޕީއެމްގެ ވެރިކަމުގައި ގުޅުން ބަދަހިވެފައިވަނީ ޗައިނާއާއެވެ.

ކިޔުންތެރިންގެ ހިޔާލު