ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މި ސަރުކާރުން ގައުމު ވިއްކާލަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަދައްކަނީ ރައީސް ޔާމީން ޗައިނާއާއެކު ހަދާފައިވާ ދަރަނީގެ ދަންތުރައިގެ ޑީލްތަކުގެ ވާހަކަ އޮޅުވާލުމަށް ކަމުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައިވެސް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއާ އެކުގައި ހަދާފައިވާ "ޑީލް" ތަކުގެ ސަބަބުން ރާއްޖެ ދަރަނީގެ ދަންތުތައެއްގައި ޖެހިފައިވާ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. ނަމަވެސް މިއަދު އެބޭފުޅުން އިދިކޮޅުގައި ތިއްބަވައިގެން މި ސަރުކާރުގެ ބޮލުގައި ގައުމު ވިއްކާލަނީ ކަމަށްބުނެ ދޮގު އިލްޒާމުތަކެއް އަޅުވަމުން ގެންދަނީ އެކަން އޮޅުވާލަން ވެގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އިދިކޮޅު ގިނަ އަދަދެއްގެ ބަޔަކު އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރަމުންދާ ކަމަށް ބުނެ "އިންޑިއާއައުޓު" ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށާފައި ވަނިކޮށް ކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެ އަށް އިންޑިއާއިން އެހީތެރިކަން ދެނީ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ބެއިތިއްބުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެހެން ނަމަވެސް ސަރުކާރުން އެކަން ދޮގު ކުރެއެވެ.

ރާއްޖެ ވިއްކާލަނީ މިނަމުގައި އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ދާދިފަހުން މުޅި ރާއްޖޭގައި ވަނީ އިހުތިޖާޖްވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން