ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. ރަސްގެތީމު ކައުންސިލްގެ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.
ރައީސް މިއަދު ރަސްގެތީމު ކައުންސިލްގެ އައު އޮފީސް ޢިމާރާތް ހުޅުއްވައިދެއްވީ ރ. އަތޮޅަށް އެމަނިކުފާނު މިހާރު ކުރަށްވަމުން ގެންދަވާ 3 ދުވަހުގެ ދަތުރުފުޅުގައި ރަސްގެތީމަށް ވަޑައިގެން އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ރަސްގެތީމު ކައުންސިލްގެ އިދާރާ ބާވެ ބޭނުން ނުކުރެވޭވަރު ވުމުން މީގެ ކުރިން ރަސްގެތީމު ކައުންސިލްގެ މަސައްކަތް ކުރަމުން އައިސްފައިވަނީ އެރަށުން ތަނެއް ކުއްޔަށް ނަގައިގެންނެވެ. އަދި މިއަދު ހުޅުވި ކައުންސިލްގެ އައު ޢިމާރާތާއެކު އެކަމަށް ވަނީ ޙައްލު ލިބިގެން ގޮސްފައެވެ.
2023 ގައި ޢަމަލީ މަސައްކަތް ފެށި ރަސްގެތީމު ކައުންސިލްގެ އިދާރާ މިއަދު ހުޅުވާފައިވާއިރު ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މިހާރު ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ.
އެގޮތުން 55 ރަށުގެ ކައުންސިލްގެ އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ މިހާރު ވަނީ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު