ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރ. އަނގޮޅިތީމާއި ރ. ރަސްގެތީމްގައި އޭޓީއެމްގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.
އެގޮތުން މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ރ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ދެރަށުގައި ވަކިވަކިން ބޭއްވި ދެ ޖަލްސާގައި ރަސްގެތީމް އަދި އަނގޮޅިތީމް ކައުންސިލާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ވަނީ އެދެރަށުގައި ބީއެމްއެލްގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.
ރައީސްގެ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން އޭޓީއެމްގެ ޚިދުމަތް ދިނުމުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފައިވާއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއެއް ސަރުކާރުން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު 7 ވަނަ ދުވަހުއެވެ.
މިއެއްބަސްވުމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު މި މަސައްކަތް އަންނަ އަހަރުގެ މާރޗު 17 އަށް ނިންމާނެއެވެ.
އަދި ދެވަނަ ފިޔަވަހީގައި 56 އޭޓީއެމް ބަހައްޓާއިރު މި މަޝްރޫއުގެ އެންމެ ފަހު ފިޔަވަހީގައި 30 އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ބީއެމްއެލްއިން މިހާރު ގެންދަނީ ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައި ޚިދުމަތް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު