މަރްޔަމް ނަހްދާ ވަޙީދު   21 ޖެނުއަރީ 2025 - 19:30
އާސަންދަ އޮފީސް- ގޫގުލް އިމޭޖެސް
އާސަންދަ އޮފީސް- ގޫގުލް އިމޭޖެސް
ރާއްޖޭގެ ހިލޭ ބޭސްފަރުވާ ކުރުމުގެ ނިޒާމު ކަމުގައިވާ އާސަންދައަށް މިދިޔަ އަހަރު ސަރުކާރުން 2.14 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ބަޖެޓުގައި އާސަންދައަށް ހޭދަކުރަން ކަނޑައަޅާފައިވަނީ 1.9 ބިލިއަން ރުފިޔާއެވެ. ނަމަވެސް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރު ނިމުނުއިރު މިއަށްވުރެ އިތުރަށް 240 މިލިއަން ރުފިޔާ ހަރަދު ވެފައި ވެއެވެ.

މިއީ އާސަންދައަށް ބަޖެޓު ކުރި އަދަދަށްވުރެ ހަތެއް އިންސައްތަ އިތުރު އަދަދެކެވެ.

މީގެ އިތުރުން 2023 ވަނަ އަހަރާ އަޅާ ބަލާއިރު 2024 ވަނަ އަހަރު އާސަންދައިގެ ހަރަދުތައް ވަނީ 2 އިންސައްތަ އިތުރު ވެފައެވެ. 2023 ވަނަ އަހަރު އާސަންދައަށް ސަރުކާރުން ހޭދަކުރީ 2.11 ބިލިއަން ރުފިޔާއެވެ.

މީގެ ކުރީގައި ސަރުކާރުން އާސަންދައަށް ހަރަދު ކުރަމުން އައިސްފައިވަނީ 1 ބިލިއަނެއްހާ ރުފިޔާއެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމަށްފަހު މިއަދަދު ދެގުނައަށް އިތުރުވެ، އާސަންދައިން ކުރަންޖެހޭ ހަރަދުތައް ވަނީ އިތުރުވެފައެވެ. އާސަންދައިން ކުރާ ހަރަދުތައް ކޮންމެ އަހަރަކު އިތުރުވަމުންދާއިރު މިކަމަށް ދާއިމީ ހައްލެއް އެއްވެސް ސަރުކާރަކަށް އަދި ހޯދިފައެއް ނުވެއެވެ.

ނަމަވެސް މިސަރުކާރުން ދަނީ އާސަންދަ ނިޒާމަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އާސަންދައިން ދޫކުރާ ބޭހުގެ ތެރެއިން އެންމެ ގިނައިން އާންމުން ބޭނުންވާ 250 ބޭހުގެ އަގު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން