ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކޮށްގެން ދައުލަތުގެ އާމްދަނީ އިތުރުކުރަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މިރޭ ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވާން ފިޔަވަޅުތައް އެޅީ ވަކި ބަޔަކަށް ފައިދާއެއް ހޯދައިދޭން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އެގޮތުން ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކޮށްގެން ދައުލަތަށް އާމްދަނީ އިތުރުކުރުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ކޮންމެ މީހަކީ ދުންފަތުގެ ބާވަތްތައް ބޭނުންކޮށްގެން ލިބޭ ގެއްލުންތަކުން ދުރުވެފައި ތިބޭ ބަޔަކަށް ވުމަށް ކަމަށެވެ. އެގޮތުން ސަރުކާރުން މިކަމުގައި ފިޔަވަޅުތަކެއް އެޅީ ދުންފަތުން ދުރުވުމަށް ބާރު އެޅުމުގެ ހެޔޮ ނިޔަތުގައި ކަމަށާއި ނަމަވެސް ވޭޕް މަނާކުރި ގޮތަށް އެއް ފަހަރާ ދުންފަތުގެ އިސްތިއުމާލު މަނާކުރުމަކީ އެގޮތަށް ކުރެވޭނެ ކަމެއް ކަމަށް ވިސްނިވަޑައިނުގަންނަވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ވޭޕަކީ ވަރަށް ފަހުން އައި ކަމެއް ކަމަށާއި އެއީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ހިލާފަށް ދިވެހިންގެ ތެރޭގައި އެހާ ބޮޑަށް އަށަގަނެފައި އޮތް ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކޮށްގެން ރައްޔިތުންނަށް އެކި ކަހަލަ ބަލިތައް ކުރިމަތިވެ، އެ ބަލިތަކުގައި ހަޔާތް ނިމިގެންދާތަން ދެކެވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ދުންފަތުގެ ބާވްތަތަކުގެ އަގު މައްޗަށް ޖެއްސީ އެ އާދަތަކުން ރައްޔިތުން ދުރަށް ދިޔުމަށް ބާރު އެޅުމުގެ ގޮތުން ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
"ވޭޕަކީ ވަރަށް ފަހުން އައިކަމެއް އެހާބޮޑަށް އަަޅުގަނޑުމެންގެ ތެރެއަށް އަށަގެންފައި އޮތް ކަމެއް ނޫން، ދުންފަތުގެ އިސްތިއުމާލުކުރުން ފަދައެއް ނޫން. އެހެންވީމާ ދެ ކަންތައް އެއް ފަހަރާއި މަނާކުރުމަކީ އެގޮތަށް ކުރެވޭނެ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުވިސްނޭ، އެހެންވީމަ ސްޓެޕް ބައި ސްޓެޕް ކުރަންޖެހޭނެ ކަމެއްގެ ގޮތަށް ގަބޫލުކުރެވޭތީ އެގޮތަށް ފިޔަވަޅު އެޅީ،" ވޭޕާ އެެކު ދުންފަތް މަނާ ނުކުރެވުނު ސަބަބު ސާފު ކޮށްދެއްވައި ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު