މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ރާއްޖެ ވަޑައިގެން ބެއްލެވުމަށް، އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވައިފި އެވެ.
ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާ ރައީސް މުޙައްމަދު ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާގެ އާ ސަރުކާރާއެކު މަސައްކަތް ކުރަން ލިބޭ ފުރުސަތަށް މަރުހަބާ ދަންނަވާ ކަމަށެވެ. ނަމަވެސް ތިމާވެށީގެ ގޮތުން ޓްރަމްޕްގެ ސަރުކާރުން އެޅި ފުރަތަމަ ފިޔަވަޅަކީ ޕެރިސް އެގްރިމެންޓުން ވަކިވުން ކަމަށް ވުމަކީ ހިތާމަކުރާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް އިތުރުވަމުންދާ ކަމަށާއި އެގޮތުން ރާއްޖެ ހިމެނޭ ގޮތަށް އޭގެ އަސަރު ކުރާ ހިސާބުތަކަށް ވަޑައިގެން ބެއްލުމަށް ޓްރަމްޕަށް ނަޝީދު ވަނީ ދައުވަތު އަރުވާފަ އެވެ. އަދި އެމެރިކާ އިން ޕެރިސް އެގްރިމެންޓަށް އަލުން އެނބުރި އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވާން ނިންމެވިއެވެެ. އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ރައީސް ކަމުގެ ފުރަތަމަ ދުވަހު ޓްރަމްޕްގެ އެ ނިންމުން ވަނީ ބަދަލުކުރައްވާފަ އެވެ. އެހެން ނަމަވެސް ދެވަނަ ފަހަރަށް ވެރިކަމަށް ވަޑައިގެން ރައީސް ޓްރަމްޕް ޕެރިސް އެގްރިމެންޓުން ވަކިވާން ވަނީ ނިންމަވާފައެވެ.
މި އެއްބަސްވުމުން ރަސްމީކޮށް ވަކިވުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ މުއްދަތު އެމެރިކާއަށް ބޭނުންވާނެ ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު