ރެންޑަމް ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމް
ރެންޑަމް ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމް
މިއަދު އެކަނި ރާއްޖޭގެ ކަންކޮޅުތަކުން ހަތް ރަށަކުން 20 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު މީހުން ޕޮޒިޓިވްވެފައިވަނީ، ދ. ކުޑަހުވަދޫ، ޅ. ނައިފަރު، ރ. އިނގުރައިދޫ، ރ. ރަސްމާދޫ، ގއ. ދާންދޫ، ބ. އޭދަފުށިގެ އިތުރުން ށ. ފީވަކުން ކަމަށެވެ. މީގެ ތެރޭގައި 18 އަހަރު ނުފުރޭ ފަސް ކުދިންވެސް ހިމެނެއެވެ.

މީގެ ތެރެއިން ޅ. ނައިފަރުން 57 އަހަރުގެ އަންހެނަކާއި، 18 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 27 އަހަރުގެ އަންހެނެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އިނގުރައިދޫން ޕޮޒިޓިވްވެފައި ވަނީ 32 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކާއި، 52 އަހަރުގެ އިންޑިއާ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއްގެ އިތުރުން އެއް އަހަރުގެ ތުއްތު އަންހެން ކުއްޖެކެވެ.

އަދި ކުޑަހުވަދޫން ތިން އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއި، އެއް މަހުގެ ތުއްތު ފިރިހެން ކުއްޖަކާއި، 24 އަހަރުގެ އަންހެނެއްގެ އިތުރުން 34 އަހަރުގެ ފިރިހެނެއް ޕޮޒިޓިވް ވެފައިވާއިރު، ރ. ރަސްމާދޫން 65 އަހަރުގެ ފިރިހެނެއް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ދާންދޫއިން ދެ މީހަކު ބައްޔަށް ޕޮޒިޓިވްވީއިރު އޭގެ ތެރޭގައި ހިމެނެނީ 19 އަހަރުގެ ފިރިހެނެކާއި 59 އަހަރުގެ އަންހެނެކެވެ.

މީގެ އިތުރުން ށ. ފީވަކުން 54 އަހަރުގެ ފިރިހެނަކާއި ބ އޭދަފުށިން 3.5 މަހުގެ ތުއްތު އަންހެން ކުއްޖަކާއި 42 އަހަރުގެ އަންހެނަކާއި ތިން އަހަރުގެ އަންހެނެއްގެ އިތުރުން 64 އަހަރުގެ އަންހެނެއް ވަނީ ޕޮޒިޓިވް ވެފައެވެ.

އެޗްއީއޯސީން ބުނެފައިވަނީ ބައްޔަށް ޕޮޒިޓިވްވެފައިވާ އެންމެންނަކީ 14 ދުވަހުގެ ހޯމް ކަރަންޓީނު ނިންމާލުމަށް ޓެސްޓް ކޮށްފައިވާ މީހުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން