ރައީސް ޑރ. މުޙައްމަދު މުއިއްޒު، ރައްޔިތުންނަށްޓަކައި ކުރަށްވަނީ ދެވަނަ ދައުރެއް ހޯއްދަވަން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކެއް ނޫން ކަމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިބްރާހިމް ފަލާހް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ރ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންނަމާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވީ ކޮންމެ ރައީސަކު ވެސް ވެރިކަމާ ހަވާލުވެވަޑައިގަންނަވަނީ ދެވަނަ ދައުރެއް ހޯދުމުގެ ނިޔަތުގައި ކަމަށެވެ. އެހެން ނަމަވެސް ރައީސް މުޢިއްޒު ރައްޔިތުންނަށްޓަކައި ކުރަށްވާ މަސައްކަތްޕުޅު ތަކަކީ ދެވަނަ ދައުރެއް އެމަނިކުފާނު ހިތްޕުޅުގައި އޮވެގެން ކުރަށްވާ މަސައްކަތްޕުޅުތަކެއް ނޫން ކަމަށް ފަލާޙް ވިދާޅުވިއެވެ. ފަލާޙް ވިދާޅުވީ ރައީސް މުޢިއްޒު ބޭނުންފުޅުވަނީ މި ފަސްއަހަރުގެ ތެރޭގައި ގައުމުގެ ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް ދިވެހި ޤައުމު އަމާން ބަނދަރަކަށް ގެންގޮސްދެއްވަން ކަމަށެވެ.
"މީގެ ކުރީގެ ވެރިން ކުރަން ބޭނުންވި އެހެން ނަމަވެސް ދެވަނަ ދައުރެއްގެ ދަހިވެތިކަމުގައި ނުކުރެވި ހުރި އެތައް މައްސަލަތަކެއް އެމަނިކުފާނުގެ އެއްއަހަރާއި މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ދިވެހި ރާއްޖޭގައި މިވަނީ ހައްލުކޮށްދެއްވާފައި،" ފަލާޙް ވިދާޅުވިއެވެ.
މީގެ އިތުރުން ފަލާޙް ވިދާޅުވީ ރައީސް މުޢިއްޒު ގައުމުގެ ހައްގުގައި އަޅުއްވަމުންދާ ފިޔަވަޅުތައް ގުޅިފައިވަނީ އިޖްތިމާއި ރީތި ފޭރާމުގައި އަޚްލާގު ގާއިމްވެފައި އޮތް ޒުވާން ޖީލެއް ބިނާކުރުމާ ކަމަށެވެ. އެގޮތުން މަސްތުވާތަކެއްޗާއި މުޖުތަމައުގައި ދެން ވެސް ހުރި ނޭދެވޭ ކަންކަމުން ސަލާމަތްވެފައި އޮތް ޒުވާން ޖީލެއް އުފެއްދުމުގެ މަސައްކަތް އެމަނިކުފާނު ފައްޓަވާފައިވާ ކަމަށް ފަލާޙް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ފަލާޙް ވިދާޅުވީ ރައީސް މުއިއްޒު ވަރުގެ ރައީސެއް ދެން ރައްޔިތުންނަށް ނުލިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ފެނިގެންދާނީ ތަފާތު ރައީސެއް ކަމަށް ފަލާޙް ވިދާޅުވިއެވެ.
"ކުރިން އަޅުގަނޑުމެން ނުދެކޭވަރުގެ ވަރަށް އޯގާތެރި ދިވެހި ގައުމު ކުރިއަރުވަން ދިވެހި ގައުމުގެ ހުރި މައްސަލަތައް ހައްލުކުރަށްވާ ވެރިއެއް ފެނިގެންދާނީ،" ރައީސް ބައިވެރިިިވެވަޑައިގެން އިންނެވި އެ ޖަލްސާގައި ފަލާޙް ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު