ދައުލަތުގެ މުވައްޒަފުންގެ މުސާރަ ދިނުމަށާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް އިންޑިއާއިން ނަގާ ލޯނު ދަރަނީގެ ދަންތުރައަށްނުވާ ސަބަބު ރައީސް ނަޝީދު ވިދާޅުވެދެއްވުމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމް ގޮވާލައްވައިފިއެވެ.
ޝިޔާމު މިކަމަށް ގޮވާލެއްވީ ރައީސް ޔާމީނުގެ ވެރިކަމުގައި ބޮޑެތި އުމްރާނީ މަޝްރޫޢުތައް ހިންގުމަށް ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައި މިއަދު ކުރެއްވި ޓްވީޓްގައި ދައްކަވާފައިވާ ވާހަކަތަކަށް އިޝާރަތް ކުރައްވަމުންނެވެ. ޝިޔާމް ވިދާޅުވީ އުމްރާނީ މަޝްރޫޢުތައް ހިންގުމަށް ޗައިނާއިން ނަގާ ލޯނު، ދަރަނީގެ ދަންތުރައަކަށްވާއިރު، ސަރުކާރު ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށް އިންޑިއާއިން ނަގާ ލޯނު، ދަރަނި ދަންތުރައަކަށްނުވަނީ ކީއްވެކަމާއި ކިހިނެއްކަން ރައީސް ނަޝީދު ރައްޔިތުންނަށް ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު ކުރެެއްވި ޓުވީޓެެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރުން ޤައުމު ވިއްކާލަނީ ކަމުގައި ބުނެ، އެ ތުހުމަތު ސަރުކާރަށް އަމާޒުކުރެވޭ ސަބަބަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާއާއެކު ކުރެއްވި މުޢާމަލާތްތަކުގެ ސަބަބުން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖެހިފައިވާކަން ސާފުކޮށް ރައްޔިތުންނަށް ބުނެނުދެވޭތީ ކަމަށެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާއާއެކު ކުރެއްވި މުޢާމަލާތްތަކުގެ ސަބަބުން ދިވެހިރާއްޖެވަނީ ޗައިނާގެ ދަރަނި ދަންތުރައެއްގައި ޖެހިފައި ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
މީގެ ކުރިންވެސް ޗައިނާއާ ގުޅޭ ގޮތުން ރައީސް ނަޝީދު އެކި ފަަހަރުމަތިން މިފަދަ ތުހުމަތުތައް އަމާޒުކުރައްވާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

You've got to explain to your citizens how n why the loans from China for infrastructure development are dept traps and the loans from India for recurrent expenditure are not!! @MohamedNasheed https://t.co/uPRJQSiQPe
— Ahmed Shiyam (@Shiyamaldives) September 1, 2020
ރައީސް ނަޝީދު ކުރެެއްވި ޓުވީޓެެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރުން ޤައުމު ވިއްކާލަނީ ކަމުގައި ބުނެ، އެ ތުހުމަތު ސަރުކާރަށް އަމާޒުކުރެވޭ ސަބަބަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާއާއެކު ކުރެއްވި މުޢާމަލާތްތަކުގެ ސަބަބުން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖެހިފައިވާކަން ސާފުކޮށް ރައްޔިތުންނަށް ބުނެނުދެވޭތީ ކަމަށެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާއާއެކު ކުރެއްވި މުޢާމަލާތްތަކުގެ ސަބަބުން ދިވެހިރާއްޖެވަނީ ޗައިނާގެ ދަރަނި ދަންތުރައެއްގައި ޖެހިފައި ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
މީގެ ކުރިންވެސް ޗައިނާއާ ގުޅޭ ގޮތުން ރައީސް ނަޝީދު އެކި ފަަހަރުމަތިން މިފަދަ ތުހުމަތުތައް އަމާޒުކުރައްވާފައިވާ ކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު