ގދ. ގައްދޫގައި ބިދޭސީ ޓީޗަރުން ބޮޑު އަގުގައި ޓިއުޝަން ނަގާތީ އެ ރަށު ކައުންސިލުން އިންޒާރު ދީފިއެވެ.
ކައުންސިލުން ބުނީ ބިދޭސީ ޓީޗަރުން އަގުބޮޑުކޮށް ޓިއުޝަން ދޭ މައްސަލަ ފާހަގަ ކުރެވޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި މިކަމާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައްވެސް ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނީ އެ ރަށުގައި ހުންނަ އަތޮޅު ސްކޫލުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން އާންމުންގެ އަތުން އެކަށީގެންނުވާ ވަރުގެ ބޮޑު އަގު ނަގައިގެން ޓިއުޝަން ދޭ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެ ޝަކުވާތަކާ ގުޅިގެން ހާއްސަ ފިޔަވަޅުތައް އެޅުމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އެ އިއުލާނުގައި ކައުންސިލުން ބުނީ ސްކޫލުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން ޓިއުޝަން ދިނުމަކީ ގާނޫނާއި ގަވާއިދާ ހިލާފު ކަމަށްވާ އިރު، އެއީ ސްކޫލުގައި ރަނގަޅު ގޮތެއްގައި އަދި ހަމަހަމަކަމާއެކު ކުދިންނަށް ކިޔަވައިދިނުމަށް ބުރޫއަރާނެ ކަމެއް ކަމަށް ދެކޭ ކަމަށެވެ.
ގައްދޫ ކައުންސިލުގެ އިއުލާނުގައި އިތުރަށް ބުނީ ހިތުހުރި ގޮތަކަށް އަމިއްލައަށް މުސާރައާއި އަގު ހަދައިގެން ގަވައިދާ ހިލާފަށް ގައްދޫގައި ޓިއުޝަން ދެމުންދާ ޓީޗަރުންނަށް ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާއި އަދި ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް ކަމާގުޅޭ އިދާރާއަށް ފޮނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު