އެމެރިކާގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ނިއްވައި ނުލެވޭ ކަމަށާއި އިތުރު ސަރަހައްދެއްގައި ރޯވެ ގަޑިއެއްހާއިރުތެރޭ 5،000 އަކަމީޓަރަށް ފެތުރިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ލޮސް އެންޖެލިސްގައި އާ އަލިފާންގަނޑެއް ހަލުވިކަމާއެކު ފެތުރެމުންދާތީ މި އަލިފާންގަނޑުގެ އަސަރު ކުރާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުން މިހާރުވެސް ދިހަހާސް މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ލޮސް އެންޖެލިސްގެ އިތުރު ސަރަހައްދެއްގައި ބޮޑު އަލިފާންގަނޑެއް ރޯވީ ބުދަ ދުވަހުއެވެ. ހަލުވިކަމާއެކު ފެތުރެމުންދާ މި އަލިފާންގަނޑުގެ ސަބަބުން އެ ސަރަހައްދަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ލިބެމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.
އޮފިޝަލުންނާ ހަވާލަދީ މީޑިޔާތަކުން ރިޕޯޓްކުރާގޮތުގައި ލޮސް އެންޖެލިސްގެ އުތުރުގައި އަލަށް ރޯވި އަލިފާންގަނޑުގެ ސަބަބުން 50،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ދާން މިހާރު ވަނީ އިލްތިމާސްކޮށްފައެވެ. މި ސަރަހައްދުގައި މިހާރުވެސް ދުމާއި އަޅި ވަރަށް ބޮޑަށް ވަނީ ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު