ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ކޯވިޑް19 އާއި ގުޅިގެން މިހާތަނަށް ރާއްޖޭގެ މީޑީޔާތަކުން އަދާކޮށްފައިވާ ދައުރާއި، އަދި ކުރިއަށް އޮތްތަނުގައި މީޑީޔާތަކުން ގުޅިގެން ފެށުމަށް ނިންމާފައިވާ ކެންޕެއިނާއި ގުޅިގެން ރާއްޖޭގެ މީޑިޔާތަކަށް ރައީސުލްޖުމްހޫރިއްޔާ ތައުރީފް ކުރައްވައިފިއެވެ.

"ކޯވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ރާއްޖޭގެ މީޑިއާތަކުން އިސްނަގައިގެން ހިންގާ ކެމްޕޭން ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ނޫސްވެރިންނަކީ ޤައުމީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަން ދޭ ބައެއް ކަމަށާއި، ޤައުމަށް ކުރިމަތިވާ އެކިއެކި ހާލަތްތަކުގައި ދިވެހި ނޫސްވެރިން ކުރަމުންދަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ކަމަށެވެ.

ރޭ އިފްތިތާޙު ކުރެވުނު ކެމްޕޭނާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާ، މިކަން އިންތިޒާމުކުރުމުގެ ފަހަތުގައި ތިއްބެވި އެންމެހައި ބޭފުޅުންނާއި މީޑިއާތަކަށް ޝުކުރު އަދާކުރައްވާފައެވެ.

"ދިވެހި ނޫސްވެރިންނަކީ ޤައުމީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަން ދޭ ބައެއް، ޤައުމަށް ކުރިމަތިވާ އެކިއެކި ހާލަތްތަކުގައި ދިވެހި ނޫސްވެރިން ކުރަމުންދަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކޯވިޑް-19 އާއި ގުޅިގެން ޤައުމަށް ކުރިމަތިވެފައިވާ ހާލަތަށް އަލިއަޅުއްވައިލެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، މި ބަލި ޖެހޭ މީހުންގެ ޢަދަދު މަދު ނުކުރެވިއްޖެ ނަމަ، ޞިއްޙީ ނިޒާމަށް ނުކަތާ ހާލަތަކަށް ކަންކަން ބަދަލުވެދާނެކަމަށެވެ. އަދި، ފަރުވާ ކުރެވޭނެ ވަސީލަތްތަކާއި އާލާތްތައް ހުރި ނަމަވެސް، ފަރުވާ ދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ނުކަތާ ވަރަށް ބަލި މީހުން އިތުރުވެ، ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބައޮތްކަމަށެވެ.

ކޯވިޑް19 އާއި ގުޅިގެން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށް ދިނުމުގައި ދިވެހި މީޑިޔާތަކުން ދަނީ ވަރަށް ޒިންމާދާރުކަމާއިއެކު މަސައްކަތް ކުރަމުންނެވެ. ޚާއްސަކޮށް މައުލޫމާތު ފެތުރުމުގައި އެޗްޕީއޭއިން ދޭ އިރުޝާދުތަކަށް ވަރަށް ބޮޑަށް މީޑިޔާތަކުން ބަރޯސާވެއެވެ. އަދި މައުލޫމަތު ހާމަކުރުމުގައި އެޗްޕީއޭއިންވެސް މިހާތަނަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ކޮންމެ ރެޔަކު ކަހަލަ ގޮތަކަށް ޕްރެސް ކޮންފަރެންސް ބާއްވައި އާންމު ރައްޔިތުންނަށް މައުލޫތުދިނުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން