ކުރީގެ ރައީސް ޔާމީންއާއި، ޝަހީމް، ފޮޓޯ: ޕީޕީއެމް
ކުރީގެ ރައީސް ޔާމީންއާއި، ޝަހީމް، ފޮޓޯ: ޕީޕީއެމް
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ކުރެއްވުމަށް އިތުރު ދައުރެއް ލިބިވަޑައިގެންނެވިނަމަ ރާއްޖޭގެ ތަރައްޤީގެ ވާހަކަތައް ތާބަދަށް ރަން އުކުރުން ލިޔެވިގެންދާނެވަރުގެ ތަރައްޤީ ގެނެސްދެއްވީސް ކަމުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް ނިންމައި މިސަރުކާރުން ހުޅުވަމުންދާތީ އެކަމަށް ފާޑުވިދާޅުވެ ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ 5 އަހަރަކީ ރާއްޖޭގެ ތަރައްޤީގެ އާސަފްހާތަކެއް ލިޔެވިގެންދިޔަ 5 އަހަރުކަމަށެވެ. ބަލާލި ކޮންމެ ދިމާއަކުން ފެނިގެންދަނީ އެމަނިކުފާނު މިޤައުމަށް ގެނެސްދެއްވި ތަރައްޤީކަމުގައި ޑރ. ޝަހީމް ވިދާޅުވިވެއެވެ.

ރައީސް ޔާމީން މިޤައުމަށް ގެނެސްދެއްވަން މަސައްކަތް ކުރެއްވި ތަރައްޤީއަކީ ދުރުރާސްތާ ޕްލޭނެއްގެ ތެރެއިން ކުރައްވަން އަޒުމް ކަނޑައެޅުއްވައި ކަނޑައެޅި ގިނަ ކަންތައްތަކުގެ ތެރެއިން އެމަނިކުފާނުގެ ދައުރު ހަމަކުރެއްވި އިރު ނިމުނީ މަދު މަސައްކަތެއްކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މިހާރުވެސް ގިނަ މަސައްކަތްތަކެއް ނިމި ހުޅުވަން ތައްޔާރުވެފައިވާކަމީވެސް ފެންނަން ހުރި ހަގީގަތްކަމަށް ޑރ. ޝަހީމު ވިދާޅުވިއެވެ.

"ރައީސް ޔާމީން ވަނީ ދިވެހި ޤައުމު އާ އުސްމިނަކަށް ގެންދަވާފަ! އެމަނިކުފާނަށް އިތުރު ދައުރެއް ލިބިވަޑައިގެންނެވިނަމަ ދިވެހިންގެ އުމްރާނީ ހަޟާރަތުގެ ވާހަކަ ތާރީހުގައި ލިޔެވޭނީ ރަން އަކުރުން. މާތް ﷲ ރައީސް ޔާމީންނަށް ސާބިތުކަމާއި ރައްކާތެރިކަން ދެއްވާށި." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. .ޝަހީމް މި މޭރުމުން ވާހަކަ ދައްކަވާ ރައީސް ޔާމިންގެ ތަރައްގީއަށް ތައުރީފު ކުރައްވާފައި މިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ފުލުހުންނަށް އަޅައިދޭން ފެށި އެންމެ ޒަމާނީ ފުލުހުންގެ އިމާރާތް އެމަނިކުފާނުގެ އެކުވެރި މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އިއްޔެ ހުޅުއްވައި ދެއްވުމާއި ގުޅިގެންނެވެ.

މި އިމާރަތަކީ ގާތްގަނޑަކަށް 27 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތް ކޮށްފައިވާ ތޭވީސް ހާސް ދުއިސައްތަ ފަންސަވީސް އަކަފޫޓުގެ ބޮޑު އިމާރާތެކެވެ. 3 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ ފުލުހުންގެ މި އިމާރާތުގެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އިމާރާތް ނިންމާފައި ވަނީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޖާގައިގެ ގޮތުންވެސް ތަނަވަސް އިމާރާތެއްގެ ގޮތުގައެވެ.

މި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ރައީސް ޔާމިން ހިންގަވާފައިވާ ބޮޑެތި މަޝްރޫޢުތައް ހިންގާފައި ވަނީ ގައުމުގެ ދަރަނިވެރި ކުރުވައިގެން ކަމަށެވެ. މީގެއިތުރުން އެފަދަ ބޮޑެތި މަޝްރޫޢު ތަކުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިމެނޭ ކަމަށް މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ރަޝީދާ

07-Sep-2020

އާ އޭރައްމިޔައްވުރެ ގިނަވީސްކުރިވައްކަން ނަސީބު ނުލިބުނުކަންﷲ ގެވާގިފުޅުން


16

ފަތުހީ

07-Sep-2020

ވައްކަން ކުރާތީ ދޯ މައްސަލަ އަކީ، ވަގުންނަށް ނުތިބެވޭނެ ނެގެން އޮތިއްޔާ ނުނަގައެއް ރޔ ނޫން ހައްލެއްނެތީބާ؟ މިވަރަކުން އެވާހަކަ މިދައްކަނީ، މިހާރު މިހިރަ ރައީސަކީވެސް ރައީސްކަން ލިބިދާނެ ކަ އެންމެ ކުޑަ މިނުން ހުވަފެނެއްވެސް ދުށް، އަދި އެހެނޭ ހިތަށްވެސް އެރި މީހެއްނޫން، އެކަމަކު ﷲ އިރާދަ ކުރެއްވީތީ އެއިނީ ރައީސް ކަމުގަ ނޫންތަ؟ އިލެކްޝަން ކާރިވުމުން އެންމެން ވާހަކަދައްކައިގެން މިކަހަލުގެ ހައްލެއްވެސް ހޯދިދާނެއެއްނޫންތަ؟


8

މުހައްމަދު ޝަރީފު

04-Sep-2020

އިތުރު ދައުރެއް ދިންނަަމަ އެމްއެމްއޭ ކޮޅައްވެސް ނުހުރިސް



ޓްރެންޑިން