ގަބުރު ކަށިތަކެއް ފެނިގެން ށ. ފުނަދޫގެ އުތުރުކޮޅުގައި ހުންނަ ކުޑަމިސްކިތް (މަސްޖިދުލް ގުފްރާން) ބަންދުކޮށްފިއެވެ.
ފުނަދޫގެ މި މިސްކިތުގައި ނަމާދުކުރުން ވަގުތީގޮތުން މެދުކަނޑާލައި މިސްކިތް ބަންދުކޮށްފައިވާއިރު ގަބުރު ކަށިތަކެއް ހުރި ކަމަށް އެރަށުގެ ރައްޔިތުންގެ ހިތްތަކުގައި ޝައްކުތަކެއް އުފެދިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާކަމަށް ”ރަސް“ އަށް މައުލޫމާތު ދެމުން އެރަށުގެ މީހަކު ވަނީ ބުނެފައެވެ.
ރައްޔިތުންގެ މެދުގައި މިފަދަ ވާހަކަތަކެއް ދެކެވޭތީ އޭގެ ހަގީގަތެއް ބެލުމަށް އެރަށުގެ ކައުންސިލުން މިސްކިތް ކޮނުނު އިރު މިސްކިތުގެ ދަށުން އިންސާނުންގެ ކަށިތަކެއް ފެނިފައިވާ ކަމަށް އެރަށު މީހުން ވަނީ ބުނެފައެވެ. އަދި މިފަދަ ފޮޓޯތައް މިހާރު މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.
ފުނަދޫގައި ހުންނަނީ ޖުމްލަ ތިން މިސްކިތް ކަމަށް ވާއިރު އޭގެ ތެރެއިން މިހާރު މިވަނީ އެއް މިސްކިތް ބަންދުކޮށްފައެވެ. އަދި އަނެއް ދެ މިސްކިތް ހުރީ ރަށުގެ ދެކުނު ފަރާތުގައި ކަމަށް ވުމުން މިއީ ބައެއް ރައްޔިތުންނަށް ތަކުލީފަކަށް ވެގެންދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު