ސިޔާސީ ޕާޓީއަކަށް މެންބަރުން ވަގަށް ވެއްދި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަޙްޤީޤު ނިމުމާއެކު، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދީފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެމްޑީޕީއަށް ފޮނުވި ރަސްމީ ލިޔުމުގައި ބުނެފައިވަނީ މި މައްސަލައާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަނުން ހޯދާފައިވާ ކަމަށެވެ. އެހެންކަމުން، މި މައްސަލައިގެ ތަޙްޤީޤު ފުރިހަމަވެ، ކަމާބެހޭ އިދާރާތަކުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅުމުން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ކަމަށާއި، މައްސަލައިގެ ތަޙްޤީޤުގެ ކުރިއެރުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ގާތުން ބަލަމުން ގެންދާނެ ކަމަށް ވެސް އަންގާފައިވެއެވެ.
ޕީޖީ އޮފީހުން މިގޮތަށް ޖަވާބުދީފައިވަނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީ އަށް ވަގަށް މެންބަރުން ވެއްދި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަޙްޤީޤުކުރުމަށް ފުލުހުންނަށް އަމުރެއް ނެރެދިނުމަށް އެދި އެމްޑީޕީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި ސިޓީއަކާއި ގުޅިގެންނެެވެ.
އެމްޑީޕީން މި މައްސަލަ ތަޙްޤީޤުކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށްވެސް ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު