ހުސްވެފައިވާ ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ކުރީގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ ހަމަޖައްސައިފިއެވެ.
އެ ޕާޓީގެ ރައީސްގެ މަގާމުގައި ކުރިން ހުރި ހަސަން ލަތީފް މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ރައީސްގެ މަގާމަށް ކުރިމަތިލީ އިމްތިޔާޒު ފަހުމީ އެކަންޏެވެ.
އެހެންކަމުން ރައީސަކު އިންތިހާބު ކުރުމަށް އާންމު ވޯޓަކަށް ދިއުމުގެ ބަދަލުގައި މިރޭ ބޭއްވި އެ ޕާޓީގެ ނެޝަނަލް އެސެެމްބްލީ އިން ނިންމީ އިންތިހާބާބެހޭ ކޮމެޓީން ނިންމިގޮތަށް ރައީސްގެ މަގާމަށް އިމްތިޔާޒު ފަހުމީ އިންތިހާބުވީކަމަށް ކަނޑައެޅުމަށެވެ.
އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާގޮތުން ޕާޓީގެ ރައީސް އިންތިހާބުކުރަންވާނީ އާންމު މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.
އެކަން އެގޮތަށް ނުކުރުމުން ނެޝަނަލް އެސެމްބްލީގެ ތެރެއިން ބައެއް މެންބަރުން ވަނީ އެކަމާ ދެކޮޅަށްވެސް ވާހަކަ ދައްކާފައެވެ.
ރޭގެ ޖަލްސާގައި ވަނީ އެ ޕާޓީގެ ހުސްވެފައިވާ ފިރިހެން ނައިބުރައީސްގެ މަގާމަށް އުނގޫފަރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު އެ މަގާމަށް އިންތިހާބުވެފައިވާކަން ވެސް އިއުލާނުކޮށްފައެވެ. އެ މަގާމަށް ވެސް ކުރިމަތިލީ އޭނާ އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު