1441ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ޕްރޮޕޯސަލް ހުށައެޅުމަށް ރަޖިސްޓްރޭޝަން ފީ ދެއްކި ކުންފުނިތަކަށް އެ ފައިސާ އަނބުރާ ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 1441ވަނަ އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި 18 ކުންފުންޏަކުން ޕްރޮޕޯސަލް ރަޖިސްޓްރޭޝަން ފީ ދައްކާފައިވާކަމަށާއި އެ އިން ކޮންމެ ކުންފުންޏަކުން 10000 ރުފިޔާ ފީގެ ގޮތުގައި ދައްކާފައިވާކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން ސަޢުދީން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރި ވެފައި ވަނީ ސަޢުދީގައި ތިބި އެ ޤައުމުގެ ރައްޔިތުންނާއި، އެ ޤައުމުގައި ތިބި 160 ޤައުމެއްގެ ރައްޔިތުން ހިމެނޭހެން 1000 މީހުންނެވެ. މި ފުރުޞަތުގައި ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރުމުގެ ފުރުޞަތު ސަޢުދީން އެ ޤައުމުގައި ތިބި ދިވެހީންގެ ތެރެއިން 6 މީހަކަށް ދީފައިވާއިރު، ޙައްޖުގެ އަޅުކަމުގައި ބައިވެރިވެފައި ވަނީ އޭގެތެރެއިން 5 ދިވެހިންނެވެ.

ކުންފުނިތަކުން ދެއްކި ފައިސާ އަލުން ހަވާލުކުރުމަށް ނިންމާފައިވަނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން 1441 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ރާއްޖެއަށް ނުލިބުމުގެ ސަބަބުންނެވެ. އަދި މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދީފައި ވަނީ ސަޢުދީޢަރަބިއްޔާގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނާއި އެ ޤައުމުގެ މަދު ބަޔަކަށްކަމަށް ވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން