އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފިއެވެ.
ރައީސް ޓްރަމްޕަށް އިންޒާރުދިން މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކާ ހަވާލަދީ މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ފްލޮރިޑާ އަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ 46 އަހަރުގެ ޝެނަން ޑެޕަރޯ އެޓްކިންސް އެވެ.
އެޓްކިންސް ހައްޔަރުކުރީ ފޭސްބުކްގައި އޭނާ ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެގޮތުން އޭނާ ބުނީ "އެމެރިކާ ސަލާމަތް ކުރަން ބޭނުންވަނީ ރަނގަޅު އެއް ވަޒަން،" މިހެންނެވެ. އޭނާ މި ޕޯސްޓު ކުރީ ރައީސް ޓްރަމްޕްގެ ދެވަނަ ދައުރުގެ ވެރިކަމުގެ އެއް ދުވަސް ކުރިން ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުގައެވެ.
ހަމަ އެދުވަހު އެޓްކިންސް ވަނީ އީލަން މާސްކްގެ އެކްސް ޕްލެޓްފޯމުން އޭނާ ވަކިކޮށްފައިވާ ކަމަށްވެސް ފޭސްބުކްގައި ބުނެފަ އެވެ.
"އަހަރެންނަށް "އެކްސް" ބޭނުންކުރުން މަނާކޮށްފައި ވަނީ، އަހަރެން ބުނީމެއްނު އަހަރެން އުންމީދު ކުރަން އަދި ދުއާ ކުރަން މީހަކު އޭނާ މަރާލާނެ ކަމަށް،" ޓްރަމްޕަށް އިޝާރާތް ކުރާ ކަމަށް ބެލެވޭ ގޮތުގައި އޭނާ ލިޔެފައިވެ އެވެ.
"ތާރީޚު ތަކުރާރުވާން ޖެހޭ. އަހަރެމެންނަށް އަވަހާރަކޮށްލުމެއް ނުލިބޭތާ އަހަރުތަކެއް ވެއްޖެ." ރައީސް ޓްރަމްޕު ވެރިކަމާ ހަވާލުވުމާ ގުޅިގެން އެޓްކިންސް މީސް މީޑިޔާގައި ކުރި ޕޯސްޓެއްގައި ލިޔުނެވެ.
މިކަމާ ގުޅިގެން، އެމެރިކާގެ ރައީސަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބަލައި އެޓްކިންސް މިހާރު ވަނީ ޕާމް ބީޗް ކައުންޓީ ޝެރިފްގެ މައި ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައެވެ. ކަމާބެހޭ އިދާރާތަކުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު