އެމެރިކާގެ ސައިޒް ވަރަށް އަވަހަށް ކުރިއަށްވުރެ ބޮޑުވެދާނެކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާއަކީ މިހާރުވެސް ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު ގައުމެވެ.
އެމެރިކާގެ 'ސައިޒް' ބޮޑު ކަން ދެއްކުމަށް، ގްރީންލޭންޑްއާއި ޕެނަމާ ކެނެލްއަކީ އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާކަން ވަނީ ހާމަކުރައްވައިފަ އެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ސައިޒްއަށް ބަދަލެއް ނާންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުތަކުގެ ޖުމްލަ ސައިޒް ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެގޮތުން، ގްރީންލޭންޑް އެމެރިކާގެ ދަށަށް ގެންނަން ބޭނުންވާކަން ހާމަކޮށް ޓްރަމްޕް ވަނީ ގްރީންލޭންޑް ކޮންޓްރޯލުކުރާ ޑެންމާކުގެ ބޮޑުވަޒީރު މެޓޭ ފްރެޑެރިކްސްއަށް ފޯނުންވެސް ގުޅުއްވައިފަ އެވެ.
ނަމަވެސް ޑެންމާކުން ވަނީ ގްރީންލޭންޑް އެމެރިކާއަށް ދޭން ބޭނުންނުވާކަމަށް ބުނެފަ އެވެ.
މީގެއިތުރުން، ޕެނަމާ ކެނަލް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން މަސައްކަތްކުރަމުންދާ އިރު ޕެނަމާއިން ވެސް ބުނަމުންދަނީ އެ ކެނެލް އެމެރިކާއާއި ހަވާލު ނުކުރާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި އެ ކެނަލްއަށް ޗައިނާއިން ދަނީ ނުފޫޒު ފޯރުވަމުން ނެވެ. އެހެންވެ އެއީ އެމެރިކާއަށް އޮތް ނުރައްކަލެކެވެ.

ކިޔުންތެރިންގެ ހިޔާލު