އެމެރިކާއިން އދ. އަށް ދޭ އެހީތައް ރައީސް ޓްރަމްޕް ފްރީޒް ކުރެއްވުމާ ގުޅިގެން އދ.ގެ ވެރިޔާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ

”އެމެރިކާ ފުރަތަމަ“ އެޖެންޑާ ޕްރޮމޯޓް ކުރަމުންދާއިރު، އެމެރިކާއިން އދ. އަށް ދޭ އެހީ މަޑުޖައްސާލަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމުމާ ގުޅިގެން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އދ.ގެ ވެރިޔާ އެންޓޯނިއޯ ގުޓަރެސްގެ ތަރުޖަމާނު ސްޓެފަން ޑޫޖާރިކް ވަނީ ސިޔާސަތަށް އައި ބަދަލާއެކު ސެކެޓްރީ ޖެނެރަލް ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ސްޓެފަން ޑޫޖާރިކް ވިދާޅުވީ ދުނިޔޭގެ އެންމެ ނާޒުކު މުޖުތަމައުތަކަށް ތަރައްގީ އާއި އިންސާނީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އިތުރު އެހީތައް ބޭނުންވާ ކަމަށާއި މިކަންކަމަށް އިސްތިސްނާތަކެއް ހަމަޖެއްސުމަށް އެދޭ ކަމަށެވެ.

އެމެރިކާއަކީ "އެންމެ ބޮޑަށް އެހީ ފޯރުކޮށްދޭ އެއް ގައުމު" ކަމަށް ޑޫޖަރިކް ވިދާޅުވި އެވެ.

ޖެނުއަރީ 20 ވަނަ ދުވަހު ރައީސްކަމަށް ހުވާ ކުރެއްވިތާ މާގިނައިރުތަކެއް ނުވެ ޓްރަމްޕް ސޮއިކުރެއްވި އެގްޒެކެޓިވް އަމުރެއްގައި ވަނީ ފެޑެރަލް ސަރުކާރުގެ ހުރިހާ އިދާރާތަކަށް ފޮރިން ޑިވެލޮޕްމަންޓް އެހީ 90 ދުވަހަށް މަޑުޖައްސާލުމަށާއި މިހާރު ހިންގާ ޕްރޮގްރާމްތައް މުރާޖައާ ކުރުމަށް އަމުރުކޮށްފަ އެވެ.

ޓްރަމްޕު ހުވާކުރެއްވިތާ ދުވަސްކޮޅެއް ފަހުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު މެމޯއެއްގައި ވަނީ މެދުއިރުމަތީގެ އެންމެ އިސް އެކުވެރިން ކަމަށްވާ އިސްރާއީލާއި މިސްރު ފިޔަވައި ބޭރުގެ އެހީގެ ޕްރޮގްރާމްތަކަށް ދޭ ފައިސާގެ ގާތްގަނޑަކަށް ހުރިހާ އިންސައްތައެއް ސަސްޕެންޑު ކުރަމުން އަންނަ ކަމަށް ހާމަކޮށްފައެވެ.

ރައީސް ޓްރަމްޕު ދަނީ އެމެރިކާގެ ރައީސްކަމާ ހަވާލުވެ އެގައުމުގެ ގިނަ ސިޔާސަތުތައް ބަދަލުކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން