ވިޔަފާރި އެއް ފަށަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ޝަރުތުތަކަކާއި ނުލައި ވިޔަފާރިއެެއް ފެށެންވާނެ ކަމަށް ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން ކައުންސިލުގައި އަމިއްލަ ކޮލެޖުތައް ތަމްސީލުކުރައްވާ، ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުދި ވިޔަފާރިތަކާއި އަމިއްލަ ކުންފުނިތަކާއި މެދު ވާދަވެރިކަމެއް އުފެދިފައިވާ ކަމަށެވެ. އަމިއްލަ މީހާއަށް އެއްވެސް ޝަރުތަކާއި ނުލައި ވިޔަފާރި ފެށެންވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
" ރާއްޖޭގެ އެތެރޭގެ ވިޔަފާރި އާއި އުފެއްދުންތެރިކަން ނެތުމުގެ ސަބަބުން ވަކިވަކި ފަރުދުން ކުރާ ވިޔަފާރިތަކާއި ކުންފުނިތަކާއި ވިޔަފާރި އައުޓްލެޓް ތައް ހަދައިގެން އިންވެސްޓް ކޮށްގެން ތިބި މީހުންނަށް މިވަނީ ވާދަވެރިކަމެއް އުފެދިފައި." ރާއްޖޭގެ އެންމެ މަޝްހޫރު ކޮލެޖްތަކުގެ ތެރޭގައި ހިމެނޭ ސައިރިކްސް ކޮލެޖްގެ ޗެއާމަން ޝަރީފް ވިދާޅުވިއެވެ.
ރަޖިސްޓްރީނުވެ، އޮންލައިންކޮށް ކާބޯތަކެތީގެ ވިޔަފާރި ނުކުރެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ނިއްމާފައެވެ.
ރާއްޖެ އަށް ދިމާވި ކޮވިޑް ބަލިމަޑުކަމާއެކު އިގްތިސާދު ވަރަށް ބޮޑަށް ދަށައް ގޮސް ކުދި އަމިއްލަ ވިޔަފާރިތައް ބަނގުރޫޓްވެ ވިޔަފާރިތައް ވަނީ ހުއްޓާލަންޖެހޭ ހިސާބަށް ގޮސްފައެވެ. ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ 68 ޕަސެންޓު މީހުންގެ އާމްދަނީ މުޅިން ހުއްޓުނު ކަމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ހެދި ދިރާސާއަކުން ވަނީ ހާމަވެފައެވެ.
ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ ރިލީފް ފަންޑެއް އިއުލާނުކޮށްފަ އެވެ. މި ރިލީފް ފަންޑުގެ ތެރެއިން، ވިޔަފާރިތަކަށް އެހީ ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. ކުދި ވިޔަފާރިތަކަށް ސަރުކާރުގެ މާލީ އެހީ ދެނީ އެސްޑީއެފްސީ މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު